މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު ކައުންސިލް މެންބަރުން

​ރ. އަތޮޅުގެ އެއްވަނަ ކައުންސިލަކަށް މި އަހަރުވެސް ފައިނު ކައުންސިލް

ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކުރިއަށް ގެންދާ ކައުންސިލްތައް ރޭންކު ކުރުމުގެ ޕާފޯމަންސް އިންޑެކްސް އިން ރ. އަތޮޅުގެ އެއްވަނަ ކައުންސިލަކަށް ރ. ފައިނު ކައުންސިލް ހޮވިއްޖެއެވެ.

ލޯކަލް ގަވަރމަންޓް އޮތޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2022 ވަނަ އަހަރު ފައިނު ކައުންސިލް އެއްވަނަ ހޯދާފައިވާއިރު ދެވަނައަށް ގޮސްފައިވަނީ ކިނޮޅަސް ކައުންސިލެވެ. އަދި ތިންވަނައަށް ގޮސްފައިވަނީ ހުޅުދުއްފާރު ކައުންސިލެވެ. 

ފާއިތުވި 2 އަހަރު ފައިނު ކައުންސިލުން އަތޮޅުގެ އެއްވަނަ ހޯދިއިރު އޭގެކުރީ އަހަރުތަކުގައި އެއްވަނަ ހޯދަމުން ދިޔައީ ކިނޮޅަސް ކައުންސިލުންނެވެ.

މުޅި ރާއްޖޭގެ ނަތީޖާއަށް ބަލާއިރު ފައިނު ކައުންސިލަށް ލިބިފައިވަނީ 10 ވަނައެވެ.

ރ. އަތޮޅުގެ ކައުންސިލްތައް މިފަހަރު ވަނަތަކަށް ހޮވިފައިވާ ތަރުތީބު:

މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަސް ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ އަލިފުށި ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލް

ދުވާފަރު ކައުންސިލުން އެކަށީގެންވާ މިންވަރަށް މައުލޫމާތު ހުށަހަޅާފައި ނުވާތީ އެ ކައުންސިލް މިންކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން

25%
އުފާވި
25%
ދެރަވި
25%
ހިނިއައި
25%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ