މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އުނގޫފާރު ކޮމް

އުނގޫފާރު ބިން ހިއްކުމަށް މަހާޖައްރާފު އެ ރަށަށް ގެންގޮސްފި

އުނގޫފާރުގައި ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިވަގުތު އެންމެ ބޭނުންވެފައިވާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށް، އެމްޓީސީސީގެ ކޮންނަ ބޯޓު މަހާޖައްރާފް އެ ރަށަށް ގެންގޮސްފިއެވެ.

ރޭ ފަތިހު އެ ބޯޓު އެ ރަށަށް ބަނދަރު ކޮށްފައިވާއިރު، މިއަދުގެ ވަގުތެއްގައި ޓެސްޓް ބުރެއްގައި ވެލި ލޯޑެއް މިއަދު ޖަހާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ މަރާމާތަށް މަހާޖައްރާފު ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް އޮތުމަށްފަހު ކުރާ ފުރަތަމަ މަސައްކަތް ކަމަށްވާތީ ޖަހާ ޓެސްޓް ލޯޑެކެވެ. 

ނަމަވެސް، ރަސްމީކޮށް އެ ރަށުގެ ބިން ހިއްކުމުގެ މަޝްރޫއު އަދި ފަށާނެކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކަމަށް އެ ރަށު ކައުންސިލުން ދަނީ ތައްޔާރީތައް ވަމުންނެވެ. 

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރީ 2021 ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހުއެވެ. ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 240 ދުވަސްތެރޭ ނިންމާގޮތަށް، 75.3 މިލިއަން ރުފިޔާ އަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ