މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

އުނގޫފާރު އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ލާނިންގ ސެންޓަރެއް ހުޅުވައިފި

މަރުހޫމް ޑރ.އަފްރާޝީމް ޢަލީގެ ހަނދާނުގައި ބިނާކޮށްފައިވާ ރ.އުނގޫފާރު އިސްލާމީ މަރުކަޒުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ލާނިންގ ސެންޓަރެއް އިއްޔެ ހުޅުވައިފިއެވެ.

އިއްޔެ އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ.ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ވިދާޅުވީ ޑރ.އަފްރާޝީމް رحمه الله ގެ އުފަން ރަށްކަމަށްވާ އުނގޫފާރުގައި އައިޔޫއެމްގެ ލާނިންގ ސެންޓަރެއް ހުޅުވިގެން ދިއުމަކީ އެމަނިކުފާނު ޔުނިވަސިޓީއަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ މަތީން ހަނދާން އާވެގެންދިޔަ ކަމެއް ކަމަށެވެ.

މި ސެންޓަރުގައި މި ފެށޭ ޖެނުއަރީ އިންޓޭކްގައި 5 ކޯސް ފެށޭނެ ކަމަށް ޑރ.ޢަލީ ޒާހިރު ވިދާޅުވިއެވެ.

2012 ވަނަ އަހަރުގައި ޝަހީދުކޮށްލި ޑރ.އަފްރާޝީމްގެ ހަނދާނުގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ޒައާމަތުގައި އިސްލާމީ ބިނާކުރީ ދައުލަތުގެ ބަޖެޓުން 27 މިލިއަން ޚަރަދުކޮށްގެންނެވެ.

މަސްޖިދު ޑރ.އަފްރާޝީމްގެ ނަމުން ނަން ދީފައިވާ އެ ބިނާގައި ހަތަރު ކިލާސް ރޫމާއި ކުތުބުޚާނާއަކާއި އިދާރީ އޮފީހަކާއި ޖަލްސާކުރާ މާލަމެއް ހިމެނެއެވެ. ދެ ފަންގިފިލާ ހިމެނޭ އެ މަރުކަޒުގައި ނަމާދު ކުރުމަށް 5380 އަކަފޫޓު ކަނޑައަޅާފައިވާއިރު އެ ސަރަހައްދުގައި އެއްފަހަރާ 900 އެއްހައި މީހުންނަށް ނަމާދު ކުރެވޭނެއެވެ.

އުނގޫފާރު އިސްލާމީ މަރުކަޒުގައި އައިޔޫއެމްގެ ކެމްޕަސް ހިންގުމަށް އެ ޔުނިވަރސިޓީއާ ހަވާލުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ