މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފައިނު ކައުންސިލް

ފައިނު ޔޫތު ސެންޓަރު އެޅުމުގެ މަސައްކަތް ފެށިގެން ކުރިއަށް

ފައިނުގައި ސަރުކާރުން އިމާރާތް ކޮށްދެއްވާ ޔޫތު ސެންޓަރުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށް އެބަދެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ފައިނަށް ނިސްބަތްވާ ކުންފުންޏެއްކަމަށްވާ މަނިކް ޕްރައިވެޓް ލިމިޓެޑާއެވެ. އަމަލީ މަސައްކަތް މީގެ ހަފްތާއެއްހާ ދުވަސްކުރިން ފަށާފައިވާއިރު މިހާރު ކުރިއަށްދަނީ ބިން ސާފު ކުރުމުގެ މަސައްކަތެވެ. 

ފައިނު ކައުންސިލުން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ އަގަކީ 4.6 މިލިއަން ރުފިޔާއެވެ. 

މިއަހަރުގެ 2024 ވަނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ވެސް ވަނީ ފައިސާ ހިމަނާފައެވެ. 

ފައިނުގައި ވެސް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މި ފަހުން ސަރުކާރުން ރަށްރަށުގައި އިމާރާތްކުރާކަހަލަ ޔޫތު ސެންޓަރެކެވެ. އެތަނުގައި އިންޑޯރ ކުޅިވަރުތަކަށް ހާއްސަ ވަސީލަތްތައް ވެސް ގާއިމް ކޮށްފައި ހުންނާނެއެވެ.

މި ޕްރޮޖެކްޓަކީ ޔޫތު މިނިސްޓްރީން ފައިނު ކައުންސިލާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ