މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިންމާލައިިފި

ވާރޭ ނުވެހި ގިނަ ދުވަސްވާ ދުވަސްވަރުތަކުގައި ފެނަށްޖެހުން ކުޑަކުރުމުގެ ގޮތުން މިރަށުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ވާރޭފެން ނަގާރައްކާކުރާ ނިޒާމްގެ މަސައްކަތް ނިންމާލައިފިއެވެ. މިމަސައްކަތަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއާއި މިކައުންސިލް ގުޅިގެން ކޮންޓްރެކްޓް އުޞޫލުން މަނިކު ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރެވުނު މަސައްކަތެކެވެ. މިޤާއިމް ކުރެވުނު ނިޒާމްގެ ދަށުން ކުރިން މިރަށުގައި ބޭނުންކުރަމުން ގެންދިޔަ 7 ހަމާއި އަލަށް ގެނެވުނު 10 ހަމާއިއެކު ޖުމުލަ 17 ހަމުގައި 72500 ލީޓަރ ފެން ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި ހިމެނިފައިވާފަދައިން ކުރިން ބޭނުންކުރަމުން ގެންދިޔަ ހަންތަކުގައިހުރި ފެން ހުސްކުރުމަށްފަހު މިހާރު ޤާއިމްކުރެވިފައިވާ ނިޒާމަށް މިހާރުވަނީ ބައްދަލު ކުރެވިފައެވެ. މިނިޒާމް ޤާއިމް ކުރެވިފައިވަނީ 4 އިސްކުރުގެ އިސްކުރުބަރިއަކާއިއެކުއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

(ކޮމެންޓްކުރުން ބަންދުކުރެވިފައި)

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ