މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މާސީ

މާރސީގެ ހަދިޔާވަށި މިއަހަރުވެސް އިފްތިތާޙް ކޮށްފި

މާރސީގެ ފަރާތުން ރަމަޟާން މަހާއި ދިމާކޮށް ކުރިޔަށް ގެންދާ ހަދިޔާ ވަށި މިއަހަރުވެސް އިފްތިތާޙް ކޮށްފިއެވެ.

މިޕްރޮގްރާމް އިފްތިތާޙް ކުރުން ކުރިޔަށް ދިޔައީ މިރޭ މާރސީ ފޭސްބޫކް ޕޭޖްގައެވެ. މިޕްރޮގްރާމްގެ ދަށުން ފާއިތުވި އަހަރުވެސް ރަމަޟާން މަހާއި ގުޅުވައިގެން އެމަހުގެ ކޮންމެ ދުވަހެއްގައިވެސް، އެހީތެރިކަން ބޭނުންވާ އެކި ފަރާތްތަކަށް ހަދިޔާ ވަށި ހަދިޔާކޮށްފައެވެ. 

މިރޭ މާރސީގެ ފަރާތުން މިހަރަކާތް އިފްތިތާޙް ކުރަމުން ބުނެފައިވަނީ، އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު ފޯމެއް ފުރައިގެން ހަދިޔާ ވައްޓަށް އެދުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމާއި، މީގެ ބޭނުމަކީ، އެޖަމްޢިއްޔާއަށް ނޭންގިވެސް މިފަދަ އެހީއަށް ބޭނުންވެފައިވާ ބައެއް ފަރާތްތައް ތިބޭނެ ކަމަށްވާތީ އެފަދަ ފަރާތްތަކަށްވެސް ހަދިޔާ ވަށި ލިބުމުގެ ފުރުޞަތު ދިނުންކަމަށެވެ. އަދި މިޕްރޮގްރާމަކީ އެކިފަރާތްތަކުގެ ދީލަތި އެހީއާއިއެކު ކުރިޔަށްގެންދާ ޕްރޮގްރާމެއްކަމުން މިޕްރޮގްރާމަށް އެހީތެރިކަން ދެވެން އޮތް ފަރާތްތަކުން އެހީތެރިވެދެއްވުމަކީ  މާރސީގެ އެދުމެއްކަމަށްވެސް ބުނެފައިވެއެވެ. 
މާރސީގެ ފަންޑްރައިޒިންގ އިވެންޓެއްގެ ތެރެއިން ފޮޓޯ: މާސީ
މާރސީއަކީ، ފާއިތުވި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔޫތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔާއަކަށް ވުމަށްފަހުގައާއި އޭގެ ކުރިންވެސް މާރސީގެ ފަރާތުން ވަނީ އެހީތެރިކަން ބޭނުންވެފައިވާ އެކި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ޚާއްޞަގޮތެއްގައި އެކިއެކި ފަންޑްރައިޒް އިވެންޓްތަކުން ގިނަ ޢަދަދެއްގެ އެހީތެރިކަން އެކި ފަރާތްތަކަށް ފޯރުކޮށްދީފައިވެއެވެ. 

މާރސީއަކީ ރ. އަތޮޅުގެ ގިނަ ދަރިންތަކެއް އިސްނަގައިގެން އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ.

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ