މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ސަން

ޤާނޫނު އަސާސީ އިސްލާޙްކުރަންވާނީ ވަގުތު ލިބި މަޝްވަރާތައް ކުރެވިގެން!

ޤާނޫނު އަސާސީ އިސްލާޙް ކުރަންވާނީ ވަގުތު ލިބިގެން ކަމަށް ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަޙުމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ކުރިޔަށްދިޔަ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޙަސަން އަޙުމަދު ވިދާޅުވީ، މިހާރު ދިމާވެފައިވާ މި ޙާލަތަކީ، ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިންތިޚާބުތައް ބޭއްވުމަށް ކުރިމަތިވެފައިވާ ހުރަހެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިސްލާޙެއް ގެންނަންވާނީ، ވަގުތު ހޯދައިގެން، އެއްތަނެއްގައި ތިބެވިގެން، ޤައުމަށް މިދިމާވާ ޙާލަތްތަކަށް ވިސްނައިގެން ކަމަށެވެ. 

މެންބަރު ޙަސަން އަޙުމަދު މިހެން ވިދާޅުވެފައިވަނީ، ކައުންސިލް އިންތިޚާބު ބާއްވާ، ކައުންސިލަރުން އިންތިޚާބުވުމާއި ހަމައަށް، މިހާރު އިންތިޚާބު ވެފައިތިއްބެވި ކައުންސިލަރުންގެ ދަޢުރު ދިގު ކުރުމަށް ޤާނޫނު އަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިލާއި ގުޅޭގޮތުން ބަޙުސް ކުރައްވަމުންނެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ގާބިލު 4 years ago

ހިނިއަންނަނީ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލިފު 4 years ago

ތިއީ ކިޔޭނުކިޔޭ އެއް އެނގޭ މީހެއްތަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ