މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައީސް އޮފީސް

ދަނޑުވެރިކަން ކުރުމަށް ކިނޮޅަސް ކައުންސިލުން ބިން ދޫކުރަނީ

ރ. ކިނޮޅަހުން ދަނޑުވެރިކަން ކުރުމަށް ވަގުތީ ދަނޑުބިން ދޫކުރަން ނިންމައިފިއެވެ.

ކިނޮޅަސް ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ކޮވިޑް19 އާއި ގުޅިގެން ދިމާވެދާނެ އިޤްތިޞާދީ ހީނަރު ކަމަކަށްބަލާ، އެރަށުގެ ރައްޔިތުންނަށް ވަގުތީގޮތުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. މިގޮތުން ދޫކުރަން ހަމަޖެހިފައިވަނީ ކޮންމެ ގޭބިސީއަކަށް 1 ދަނޑެވެ. އަދި ދަނޑުގެ ބޮޑުމިން ކަނޑައެޅޭނީ ނަންނޯޓްކުރާ ގޭބިސީގެ ޢަދަދަށް ބެލުމަށްފަހު ކަމަށާއި، މިގޮތަށް ދޫކުރެވޭ ދަނޑުބިންތަކަކީ ކުރު މުއްދަތަކަށް ދޫކުރެވޭ ދަނޑުތަކަކަށްވާތީ މިދަނޑުތަކުގައި ހެއްދޭނީ، ގޮވާމާއި ފަލަމަޑީގެ ބާވަތްތައްފަދަ ކުރު މުއްދަތުގައި ހައްދައިގެން ކަނޑަންލިބޭ ވާވަތްތައްކަމަށް ކިނޮޅަސް ކައުންސިލުން ބުނެފައިވެއެވެ.

މިދަނޑުތަކަށް އެދުމަށް 12 އޭޕްރީލް 2020 ވަނަ ދުވަހުގެ ކުރިން ނަން ނޯޓް ކުރުމަށް އެކައުންސިލުން އެދިފައިވެއެވެ. މިދަނޑުތަކަކީ އެއްވެސް ކުއްޔެއް ނުނަގާގޮތަށް ދޫކުރާ ބިންތަކެކެވެ. 

ކޮވިޑް19 އާއި ގުޅިގެން ދިމާވެދާނެ އިގްތިޞާދީ ދަށް ޙާލަތަކަށް ތައްޔާރުވުމަށް ދަނޑުވެރިކަން ފުޅާކުރުމަށް ސަރުކާރުން ގޮވާލާފައިވާ މިދަނޑިވަޅުގައި، ބިންބޮޑު ބައެއް ރަށްރަށުގެ ކައުންސިލްތަކުން ދަނޑުބިންތައް ދޫކުރަންވަނީ ފަށާފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މުގާބޭ 4 years ago

ފައިނުން ބިމެއް ނުލިބޭތާ މިވެސް ގޮތެއްދޯ؟

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ