މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މަޑުއްވަރީ ކައުންސިލް

ރ. މަޑުއްވަރިއަށް ބިދޭސީން ގެންދިޔުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު އާންމުކޮށްފި

ރ. މަޑުއްވަރިއަށް ބިދޭސީން ގެންދިޔުމާއި ގެންގުޅުމުގައި ޢަމަލުކުރަންޖެހޭ އުޞޫލު އާންމުކޮށްފިއެވެ.

މަޑުއްވަރީ ކައުންސިލުން އާންމުކޮށްފައިވާ މިއުޞޫލުގައި ބުނެފައިވާގޮތުން، މި އުޞޫލުގެ މަޤްޞަދަކީ، ބިދޭސީންނާއި ގުޅޭގޮތުން ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ރަށުގައި އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ވެއްދުމާއި، ރަށަށް އެތެރެވާ އަދި ރަށުގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި، ދަފްތަރު އަދާހަމަ ކުރުމާއި، ރަށުގައި ދިރިއުޅޭ ބިދޭސީންގެ ޙައްޤުތައް ރައްކާތެރިކޮށް ދިނުމާއިއެކު ބިދޭސީންނާއި ގުޅުންހުރި އެންމެހާ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ރެގިއުލޭޓް ކުރުމާއި ވިލަރެސް ކުރުން ކަމަށެވެ. 

މިއުޞޫލު މިހާރު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާއިރު، އެރަށުގައި ބިދޭސީންގެ ކަންކަން މެނޭޖް ކުރުމުގައި ޢަމަލު ކުރާނެ ގިނަ ކަންތައްތަކެއް މި އުޞޫލުގައި ބަޔާން ކޮށްފައިވެއެވެ. ފާހަގަ ކޮށްލެވޭ އެއްކަމަކީ މިފަދަ ކަމެއްގައި އުޞޫލެއް ހަދާ ގެޒެޓްކުރި މަދު ކައުންސިލް ތަކުގެ ތެރޭގައި މަޑުއްވަރީ ކައުންސިލް ހިމެނޭކަމެވެ.

ބިދޭސީންގެ މައްސަލައަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ހައްލުކުރަން ދަތިވެފައިވާ މައްސަލައެކެވެ. ޚާއްޞަކޮށް ޤަވާއިދާއި ޚިލާފަށް ބިދޭސީން އުޅުމާއި، އެމީހުންގެ ސަބަބުން ދިމާވާ އިޖުތިމާޢީ އެކިއެކި މައްސަލަތަކަކީ ޙައްލު ނުލިބިވާ މައްސަލަތަކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ