މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ހަޔަރ އެޑިޔުކޭޝަން

އަލިފުށީގައި ޓިވެޓް ސެންޓަރެއް ޤާއިމްކުރަނީ

މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު އަތޮޅުތަކަށް ފަހިކުރުމަށް ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން ރ. އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމަށް ޑިޒައިން މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތު އަތޮޅުތަކަށް ފަހިކުރުމަށް ސަރުކާރުން ކުރުމަށް ރާވާފައިވާ މަސައްކަތްތަކުގެ ތެރެއިން 6 އަތޮޅެއްގައި މަތީ ތަޢުލީމުދޭ މަރުކަޒު ޤާއިމް ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. 

އޭގެ ތެރޭގައި ހިމެނިގެން ރ. އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ސެންޓަރު ޤާއިމް ކުރާނީ އެކަމަޑޭޝަން ބްލޮކަކާ ވެސް އެކުކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ. 

ހަޔާ އެޑިއުކޭޝަންގައި އިއްޔެ ވަނީ މި ޕްރޮޖެކްޓްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތައް އިއުލާން ކޮށްފައެވެ. އެގޮތުން ނ. ކެނދިކުޅުދޫގައި ޖޫނިއާ ކޮލެޖެއް ޤާއިމް ކުރުމަށާ ރ. އަލިފުށީގައި ޓިވެޓް ސެންޓަރެއް ޤާއިމް ކުރުމުގެ އިތުރުން ހއ. ދިއްދޫގައި ޖޫނިއާ ކޮލެޖެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހދ. ކުޅުދުއްފުއްޓާއި ޏ. ފުވައްމުލަކުގައި ޓވެޓް ސެންޓަރެއް ޤާއިމް ކުރުމާއި ކ. ތުލުސްދޫގައި ޕޮލިޓެކްނިކް ޤާއިމް ކުރުމަށް ވަނީ ހަމަޖެހިފައިކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ