މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ; ފޭސްބޫކް

ގާނޫނުގައި ބުނާ މުއްދަތުގައި ދުވާފަރު ކައުންސިލުން މާލީ ބަޔާން ހުށަނާޅާ!

ގާނޫނުގައި ބުނެފައިވާ މުއްދަތުގައި ދުވާފަރު ކައުންސިލުން މާލީ ބަޔާން ހުށަހަޅާފައި ނުވާކަމަށް ރ. އަތޮޅު ކައުންސިލުން ބުނެފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނާގޮތުން، ކޮންމެ މީލާދީ އަހަރެއް ނިމޭތާ ލަސްވެގެން 2 މަސްދުވަހުގެ ތެރޭގައި، ރަށު ކައުންސިލްތަކުގެ އާމްދަނީއާއި ހަރަދާއި މިލްކިއްޔާތާއި މާލީ ޒިންމާތަކުގެ އަހަރީ ހިސާބު، ރަށު ކައުންސިލްގެ ރައީސް، އަތޮޅު ކައުންސިލަށް ހުށަހަޅަން ޖެހެއެވެ. 

ރ. އަތޮޅު ކައުންސިލުން މިއަދު ބުނީ، އަތޮޅުގައި މީހުން ދިރިއުޅޭ 15 ރަށް އޮތްއިރު، ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް މާލީ ހިސާބުތައް ހުށަހަޅާފައި ނުވަނީ ހަމައެކަނި ދުވާފަރު ކައުންސިލުން ކަމަށެވެ. 

އަދި އެނޫން ކައުންސިލްތަކުން ގާނޫނުގައި ބުނެފައިވާ ގޮތަށް މާލީ ބަޔާންތައް ފޮނުވާފައިވާކަމަށާއި އެހެންކަމުން އެ ކައުންސިލްތަކުގެ ގާނޫނީ ޒިންމާ އަދާކޮށްފައިވާތީ އެކަން ފާހަގަކޮށް އަތޮޅު ކައުންސިލުން ވަނީ އެ ކައުންސިލްތަކަށް ޝުކުރު އަދާކޮށްފައެވެ. 

މިކަމާއި ގުޅޭގޮތުން ދުވާފަރު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއާއި ސުވާލު ކޮށްލުމުން ވިދާޅުވީ، އެބޭފުޅާ މަގާމާއި ހަވާލުވިތާ އަދި މިވީ ދެތިން ދުވަހެއް ކަމަަށާއި، މުވައްޒަފުންގެ ދަތިތަކަމާއިހުރެ އެ މަސައްކަތް ނިންމާލެވިފައި ނުވަނީ ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިހާރު އެ ރިޕޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތް އެބަ ކުރިޔަށް ދާކަމަށާއި ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ވެސް ވިދާޅުވިއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ