މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ރ. އަތޮޅު ދެކުނުބިތުގައި އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފި

ރ. އަތޮޅު ދެކުނުބިތުގައި އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާންކޮށްފިއެވެ.

އިއްޔެ ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ "ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް، ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާބެހޭ ގަވާއިދު"ގެ ދަށުން ރ. އަތޮޅުގައި ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމަށް އާއްމުކޮށް އަންގާ އިއުލާނުކުރާ ކަމަށެވެ.

މިއީ މި މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީއިން އިއުލާނުކުރާ ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެންމެ ފުރަތަމަ އެ މިނިސްޓްރީއިން ނެރުނު އިއުލާނުގައި ވަނީ އެއަރޕޯޓު ހަދަން ފައިނޭންސް ކުރުމަށް މަދުވެގެން ހުށައެޅޭނީ ފަސްމިލިއަން ރުފިޔާކަން ބަޔާންކޮށްފައެވެ.

އެހެން ނަމަވެސް އެ މަސައްކަތަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ މި ފަހުން ކުރި އިއުލާނުގައި ވަނީ އެއަރޕޯޓު ތަރައްގީކުރުމަށް ހުށައެޅޭ އެންމެ ކުޑަ އަގު ތިން މިލިއަން ރުފިޔާއަށް ދަށްކޮށްފައެވެ.

ރ. އަތޮޅުގައި އެއާޕޯޓު ހަދަން އިއުލާން ކޮށްފައިވާނަމަވެސް އެ އަތޮޅު އެއާޕޯޓް ހަދާނެ ވަކި ރަށެއް އަދިވެސް ފައިނަލެއް ނުވެއެވެ. މިހާރު ވެސް ރ. އިފުރުގައި އެއާޕޯޓެއް ހިންގަމުން އަންނައިރު އެ އަތޮޅު އަލިފުށީގައި ވެސް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ