މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ކްރޮއޭޝިއާ އުފާފާޅުކުރަނީ

ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށް ކްރޮއޭޝިޔާ ކުއާޓާއަށް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގައި ޕެނަލްޓީ ޖަހައިގެން ނަތީޖާނެރެ ކްރޮއޭޝިއާ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

މިމެޗުގައި މެޗުގެ 43 ވަނަ މިނެޓްގައި ޖަޕާނުންވަނީ ލަނޑެއް ޖަހާފައެވެ.  މިލަނޑު ޖަހާ ދިނީ މައީޑާއެވެ. 

ޖަޕާނު ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިމުނު އިރު މެޗުގެ ދެވަނަ ހާފް ފެށިތަނާ ހެން ކްރޮއޭޝިޔާއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 55 ވަނަ މިނެޓްގައި މި ލަނޑު އެޓީމަށް ޖަހާ ދިނީ އިވާން ޕެރަސިޗްއެވެ.

މިރޭގެ މެޗަކީ މި އަހަރުގެ މުބާރާތުގައި ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު ފުރަތަމަ މެޗެވެ. އެގޮތުން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ފަނަރަ މިނެޓުގެ ދެ ހާފު ވަނީ ކުޅެފައެވެ. ނަމަވެސް، 1 – 1 ގައި އޮތް ނަތީޖާ ބަދަލުނުވެ ނަތީޖާ ނެރެންޖެހުނީ ޕެނަލްޓީ ޖަހައިގެނެވެ. 

ޕެނަލްޓީ ޝޫޓްއައުޓްގައި ޖަޕާނަށް ވައްދާލެވުނީ އެންމެ ޕެނަލްޓީއެކެވެ. އަނެއް ތިން ޕެނަލްޓީވެސް ވައްދާލެވިފައެއް ނުވެއެވެ. 

ކްރޮއޭޝިޔާ މިމުބާރާތުގެ ކުއާޓާ ފައިނަލްގައި ކުޅެން ޖެހޭނީ ބްރެޒިލް އަދި ސައުތް ކޮރެއާ ކުޅެން މެޗުން މޮޅުވާ ޓީމަކާއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ