މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން

ފައިނު ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފި

ފައިނު ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލު ކޮށްފައިވަނީ އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.

އެ ރަސްމިއްޔާތުގައި ފެނަކައާ ވަނީ ނުވަ ރަށެއްގެ ސިއްހީ ހިދުމަތްދޭތަންތަނުގެ އިމާރާތްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުގައި ސޮއިކޮށްފައިވަނީ ސްޓޭޓް މިނިސްޓަރު އިސްލާއިކް ޝަރީފެވެ. ފެނަކައިގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ އެމްޑީ މުހައްމަދު އާރިފްއެވެ. 

ފައިނު ސިއްހީ މަރުކަޒުގެ މަސައްކަތް ފެނަކައާ ހަވާލުކޮށްފައިވާއިރު މިހާރުވެސް ފައިނު ސިއްހީ މަރުކަޒުގެ އިމާރާތަކީ ވަރަށްވެސް ޖާގަ ކުޑަ، އެކަމުގެ ސަބަބުން ހިދުމަތް ދިނުމަށް ދަތިވެފައިވާ އިމާރާތެކެވެ. 

ފައިނު ސިއްހީ މަރުކަޒާ އެކު ފެނަކައާއި ހަވާލުކުރި ރަށްތައް:

  • ހއ. މުރައިދޫ ސިއްހީމަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
  • ހއ. ތަކަންދޫ ސިއްހީމަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
  • ހއ. މޮޅަދޫ ސިއްހީމަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް
  • ހދ. ނޭކުރެންދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
  • ރ. ކިނޮޅަސް ސިއްހީމަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
  • ރ. ރަސްމާދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް
  • ރ. މަޑުއްވަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހަވާލުކުރުމުގެ
  • ދ. ރިނބުދޫ ސިއްހީ މަރުކަޒުގެ އެކްސްޕެންޝަން އިމާރާތުގެ މަސައްކަތް

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ