މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެޑިޝަން އެމްވީ

ޓެލެކިލާސް ބުރައަކަށް! ޓެބްލެޓާއި ގައިދުރީ ކީއްވެ؟

މީގެ 2 އަހަރު ކުރިން، 2018 ވަނަ އަހަރު ދިވެހިރާއްޖެ ވަނީ ހުރިހާ ދަރިވަރުންނަށް ޓެބްލެޓް ބަހާ ދުނިޔޭގެ ތާރީޚްގެ ތެރެއަށް ވަދެގެން ގޮސްފައެވެ. ގޭގައި ތިބެގެން ދުވަހުން ދުވަހަށް ފިލާވަޅު ހެދޭނެ އިންތިޒާމު ޤާއިމް ކުރެވުނެވެ. ދުނިޔޭގެ މަޝްހޫރު ނޫސް މަޖައްލާ ތަކުގެ ކަޅި ރާއްޖެއަށް އަމާޒު ވެގެންދިޔައެވެ.

ބަވަނަވެފައިވާ ދުނިޔޭގައި ތަރައްޤީ އާއިއެކު، އަޅުގަނޑުމެން ދަތުރު ކުރަމުން މިދަނީ ކޮން މިސްރާބަކުންތޯއެވެ؟ ޓެބްލެޓްތައް ބަހާ، 138 މިލިއަން ދިވެހި ރުފިޔާ ޚަރަދު ކުރުމަށްފަހު މިއަދު އަޅުގަނޑުމެންނަށް އޭގެ ބޭނުން މިވަނީ އިންތިހާއަށް ބޮޑު ވެފައެވެ. ކޯވިޑް 19 އާއި ގުޅިގެން ގޭގައި ތާށިވެ، ސުކޫލުތައް ބަންދު ކޮށްފައި ވާއިރު، މިއަދު އެ ޓެބްލެޓް ބޭނުން ނުކުރަނީ ކީއްވެގެންތޯ، މިއީ ކޮށްލުން މުހިންމު ސުވާލެކެވެ.

ގިނަ ދަރިވަރުންނަށް ޓެލިކިލާސް ވެފައި ވަނީ ބުރައަކަށެވެ. އުނދަގުލަކަށެވެ. ނަމަވެސް ކޮންމެ ގަޑިއަކުވެސް ބަލާލެވޭ ގޮތަށް ޓެބްލެޓްގައި މަސައްކަތް ހުރުމުން، ދަރިވަރަށް ވަރަށް ބޮޑަށް ލުއިވެއެވެ. އެހެންކަމުން ޓެބްލެޓުން ކިޔަވައި ދިނުމުގެ ބަދަލުގައި ޓެލިކިލާސް ބޭއްވުމުން ލިބޭ ފައިދާއަށްވުރެ ވާ އުނދަގޫ މާ ބޮޑެވެ. 

މިއަދު ދަރިވަރުން އުނގެނޭ ގޮތަށް މިވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. ކުލާސްރޫމުގައި ކިޔެވި ޒަމާން މާޒީވެ، އެއީ މިއަދާ ގުޅޭ ގޮތެއް ނޫން ކަމަށް ދިރާސާ ތަކުން ދައްކައެވެ. މިއަދުގެ ދުނިޔެއާއި ގުޅޭ ގޮތަކަށް ކިޔަވައިދިނުމުގެ ފުރުސަތު އޮއްވާ، އެކަމާ ދެކޮޅު ހަދަނީ ކީއްވެތޯއެވެ؟ 

އާދޭހެ، ޓެބްލެޓްތައް ހަލާކުވާން ދޫކޮށްލުމަށްފަހު، ކުދިންނަށް ކިޔަވައިދެނީ ޓީވީގެ ޒަރިއްޔާއިންނެވެ. ޓެލިކިލާސް ފެއްޓޭ ގަޑިއަށް ޓީވީ ނޭޅުވިއްޖެ ނަމަ، ކުލާސް ނުލިބުނީއެވެ. ނަމަވެސް ޓެބްލެޓް އަށް ފިލާވަޅު ތަކާއި، މަސައްކަތްތައް ފޮނުވުމަކީ އެންމެންނަށް ފަސޭހަވާނެ ގޮތް ނޫންބާއެވެ؟ 138 މިލިއަން ރުފިޔާ، މިވަނީ ހަލާކުވާން ދޫކޮށްލާފައެވެ. ނޫނީ، ޓެބްލެޓުން ކިޔަވާއި ދިނުމަކީ ގެއްލުންހުރި ކަމަކީބާއެވެ؟.

އިންޑިއާއަށް އުފަން އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ޕުރޮފެސާރ ސުގާޓާ މިޓްރާގެ ދިރާސާ އަކަށް ބަލާލަމާތޯއެވެ. އޭނާގެ ދިރާސާއަކުން ދައްކާ ގޮތުގައި، ދަރިވަރުން ކޮމްޕިއުޓާ ފަދަ ތަކެތި ބޭނުން ކޮށްގެން މާ ރަނގަޅަށް އުނގެނެއެވެ. އަދި ކުލާހެއްގައި ދަސްކުރާ ވަރަށް ވުރެ ބޮޑަށް ދަސްކުރެއެވެ. އަދި ކުލާހެއްގައި ދަސްކުރުމަކީ މިއަދުގެ ދަރިވަރުންނާއި ބީރައްޓެހި ގޮތެއްކަމަށް އޭނާ ބުނެއެވެ. މިހެންކަމަށް ވާނަމަ، ޓެބްލެޓް ބޭނުން ނުކުރާންވީ ކޮން ސަބަބަކާ ހުރެތޯއެވެ؟ 

ބޭރުގެ ފަންނީ ބޭބެފުޅުން ދިރާސާ ކުރުމަށް ފަހު ޓެބްލެޓްއިން ކިޔަވައިދޭން ބާރު އަޅާއިރު، ރާއްޖޭގައި އެއިން ކިޔަވާއިދޭން މަޖުބޫރު ޙާލަތުގައި ވެސް އެ ބޭނުން ނުކޮށް އިސްރާފެއް ކުރަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. ތިމާގެ ވާދަވެރި މީހާ ކުރިނަމަވެސް ރަނގަޅު ކަންކަމަށް މަރުހަބާ ކިޔަން ނުޖެހޭނެތޯއެވެ؟



ނޯޓް: މިއީ، ލިޔުންތެރިންގެ އަމިއްލަ ޚިޔާލާއި ނަޒަރިއްޔާތަށް ލިޔުންތައް ލިޔުމުގެ ފުރުޞަތު ދިނުމަށްޓަކައި ހުޅުވާލެވިފައިވާ ފުރުޞަތުގެ ދަށުން ލިޔެފައިވާ ކޮލަމްއެކެވެ. މިލިޔުމުގައި އެވަނީ ލިޔުންތެރިޔާގެ އަމިއްލަ ޙިޔާލެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
40%
ހިނިއައި
60%
ރުޅިއައި

22 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޓީޗަރު 4 years ago

ޓެބްލެޓުގެ ޒަރީޢާއިން ކިޔަާދޭ ބައެއް ސްކޫލްތަކުގައި. ޓެލިކުލާސް ބެލޭނެ އިންތިޒާމް މިނިސްޓަރީއިް ވަނީ ހަމަޖައްސާފަ، ޓެބަލެޓުން ކުދިންނަށް ޔޫޓިއުބު ނުބެލޭނެ.. އެޕްލިކޭޝަންސް ތައް ހުންނަނީ ރެސްޓްރިކް ކޮށްފަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ކޮންޓެ 4 years ago

ޓެބްލެޓް ވެސް އެއީ ރަނގަޅު ޒަރީޢާއެއް. އެކަމަކު އިންޓަރނެޓް ހަމަ ބޭނުންވާނެ. ޓެބްލެޓް އިންޓަނެޓާއެކު ދަރިވަރުންނަށް ދޫކޮށްލުމަކީ ހެދޭ ގޯހެއް. މީގަ މައްސަލައަކީ އެތައް މިލިޔަނެއް ހޭދަކޮށްގެން ހޯދި ޓެބްލެޓަކީ އެޑިއުކޭޝަނަލް އެއްޗަކަށް ނުވާތީ، އެއީ ކޮމާރޝަލް އެއްޗެއް. އެވަރަށް ހަރުދު ނުކޮށް ވެސް، މިހާރު ދީފަހުރި ޓެބްލެޓަށްވުރެ ސްޓޫޑެންޓް ފްރެންޑްލީ، ދަރިވަރުންނަށް ކަމުދާނެ ބުރޭންޑް ތައް އެބަހުރި.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

މުޙައްމަދު 4 years ago

ކިލާސް އަންނަ ގަޑިއަށް ޓީވި ނުހުޅުވުނަސް އެގަޑި ބެލޭނެ އެތައް ގޮތެއް ހުރޭ.މިސާލަކަށް ފޭސްބުކް،ޔޫޓިއުބު، ފިލާ ޕޯޓަލް ދަރިވަރުންނަށް މަސައްކަތް ހަވާލުކުރުމަށް މިހާރުވެސް ޓެބަލެޓް ބޭނުންކުރޭ. ޢެކަމަށް މިނިސްޓްރީއިން އިރުޝާދުވެސް ދޭ ގިނައިރުވަނދެން ޓެބްލެޓް ބޭނުން ކުރުމަކީ ވަރަށްގިނަ ގެއްލުންވެސް ހުރި ކަމެއް (މީގެ ދިރާސާތައް ބަލާލުން ރަނގަޅު) ޓެބްލެޓުން ކިޔަވައި ދިނުމަކީ އަގުބޮޑު އަދި ވަރަށް ގިނަ ވަގުތު ހޭދަވާނެ ކަމެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އޭކޮހާ 4 years ago

ކާކު ތަ އެންމެނަށް ފޯނާ ޔޫޓިއުބާ އިންޓާނެޓު ހޯދައިދެނީ؟ މޮޔަ ދޯ

ކޮންޓެ 4 years ago

ކޮހީ ކާކު. ޓެބްލެޓަށް ތެޔޮ އަޅައިގެންތަ ބޭނުން ކުރަނީ.

ފައިނުކަރާ 4 years ago

ރަނގަޅު ސުވާލެއް. ޓެބުލެޓާ ގައިދުރީ ހަޖަމް ނުވާތީ. ޢޭރު ބޭނުންކުރި ގޮތައް ކުރިނަމަ ގައިމު މިއަދު މިގޮތައް ޓެލެކިލާސް ކަހަލަ ބޭކާރު ކަމެއް ކުރާކށް ނުޖެހުނިސް.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ދޯ 4 years ago

ޔާމީނު ކަންތަކޭމީ

ޢަންނި 4 years ago

ޢާނ ދެންކިޔާ ތިހެން. 5 އަހރު ނިމެންދެން ވެސް ކިޔޭނީ ތިހެން.

މާނުބެ 4 years ago

ރޓެބުލެޓްބޭނުންކުރީމާަ ޔާމީން ކޮށްދެއްވި ހިދުމަތް ހަނދާންވާތީ ބަޔަކު މޭ ކަރަނީ.... ޓެލެކުލާހުން ގިނަކުދިން ބުނާގޮތުން އެއްވެސް އެއްޗެއް އޮޅުމެއް ނުފިލާ...

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ރައްދު 4 years ago

އޮޅުންފުލިވޭނެ ގޮތްތައް ހުންނާނެ

ދޯ 4 years ago

ޢާނ އެހެންޔާފަހެ މިނޫންހައްލެއް ގެނެވެންވާނެ

ޓެބޫ 4 years ago

ޓެބްލެޓް ބޭނުންކުރަން ފެށި. އެކަމް ގިނަކުދިންނައް ގޭގައި އިންޓަރނެޓް ބޭނުން ކުރެވެން ނެތުމުން ނާއި ގޫގަލް ކުލާސް ބޭނުން ކުރަން ނޭނގޭތީވެ ހުއްޓުނީ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހސނ 4 years ago

އިންޓަނެޓް ބޭނުންކުރެވެން ނެތް އެކަމަކު، ޔޫޓިއުބުން ފަހުން ބެލޭ؟ ކޮސް ދޯ

ޓެބޫ 4 years ago

މިކިޔަނީ އިންޓައނެޓް ނުލިބޭވާހަކަ. ކޮއްކޮ އައްލިބުނަސް އެހެނއމީހުނަކައް ނުލިބޭ

ހަހަހަ 4 years ago

ހަގީގައި އޮޅޭގޮތައް ނުލިޔުން އެދެން. ޓެކުލާސްތައް ޔޫޓިއުބުން ފަހުން ބެހޭނެ. އަދި އިތުރައް https://filaa.moe.gov.mv/

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ބޭބެ 4 years ago

ކޮއްކޯ، އިންޓާނެޓެއް ނުލިބެޔޯ. ކާކު އަތުގައި ފޯނު އޮންނަނީ. ކިތައް ކުދިން އަތިގައި؟ އިސްކޫލު ޓެބުން، ޔޫޓިއުބަކަށް ނުވަދެވޭނެ. ޕުލަސް ކޮބާ އިންޓަނެޓް

ހަހަހަ 4 years ago

އެހެންވެ ދޯ ޓީވިން ދައްކަނީ

ހެހާހަ 4 years ago

ޓީވީން ދައްކާތީ ބޮޑު އުނދަ ގުލަކޯ!

ޕަން 4 years ago

ބުނޭ ދަން ވެބްން ބަލާށޭ

ފޭން 4 years ago

ތަފާތީ ހަމަ. ވަރަށް މޮޅު

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އައިންތު 4 years ago

އިނާހްގެ ލިޔުންތައް ތަފާތީހަމަ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ފޭން 4 years ago

އަސްލުވެސް

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ