މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ކޮލަމް: ގެދޮރުގެ ކުއްޔަށް ޤާނޫނެއްގެ ބާރު ފޯރާނެތަ؟

ދިވެހިރާއްޖެއަކީ ނާޒުކު އިޤްތިސާދެއް އޮންނަ، ރީތި ރަށްތަކެއްގެ މައްޗަށް ބެހިފައި އޮންނަ، ކުދި ޖަޒީރާ ޤައުމެކެވެ. ކުރިއަރަމުން އަންނަ އިޤްތިސާދެއްގެ ހައިސިއްޔަތުން، އެކި ވެރިން، ދިމާވާ އެކި ދަތި ތަކަށް ހޯއްދެވީ އެކި ފަރުވާއެވެ. ނަމަވެސް، އެއްވެސް ވެރިއަކަށް ފުރިހަމަ ހައްލެއް ހޯދިފައިނުވާ މައްސަލައެއް އެބައޮތެވެ. އާދެ، ގެދޮރުގެ ދަތި ކަމާއި، އަގު ބޮޑުކަމެވެ.

މިއަދު ވަރަށް ގިނަ، އިޤްތިސާދީ ކަންކަމުން އަރައިގަތުމަށް ޤާނޫނުތަކެއް ފަރުމާ ކުރާ ވާހަކަ އަކީ އައު ވާހަކައެއް ނޫނެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ފަރުވާތޯ، މިއީ ކޮށްލުން މުހިންމު ސުވާލެކެވެ. މި ސުވާލަށް ޖަވާބެއް ހޯދުމުގެ ނިޔަތުގައި ކުރިޔަށް ދަމާ ހިނގާށެވެ. ކޮންމެ ތާކުވެސް ޤާނޫނެއް ޤަވާއިދެއް އޮންނަން ޖެހޭނެއެވެ. ނަމަވެސް، ހުރިހާ ކަމެއްގެ ފަރުވާއަކަށް ޤާނޫނު ހަދައިގެން، ރިހޭ ފައި މައްޗަށް ފޮއެ ވެއްޓި ދާނެއެވެ. 

އާނއެކެވެ، އިޤްތިސާދީ، ޕްރައިވެޓް ސެކްޓާގެ ކަންކަމަށް ޤާނޫނެއްގެ ޒަރިއްޔާއިން ހައްލެއް ހޯދުމަކީ ނޭދެވޭ ނަތީޖާއެއް ނުކުމެދާނޭ ކަމެކެވެ. އެގޮތުން، ދިވެހިރާއްޖޭގައި އެންމެ ބޮޑު އަދި ހަމަ އެހާމެ ގިނަ ދުވަސް ވީ ބޯހިޔާވަހި ކަމުގެ ދަތިކަމުގެ މައްސަލައަށް އެކަށޭނެ ހައްލަކީ ކޮބާތޯއެވެ؟ ޤާނޫނަކުން ކުލި ކުޑަކޮށް، ބޯހިޔާ ވަހި ކަމުގެ ދަތިކަމަށް ހައްލެއް ހޯދޭނެބާއެވެ؟ ސަރުކާރުގެ ބާރު އެ ދާއިރާގައި އެބައޮތްތޯއެވެ؟

ޝައްކެއްވެސް ނެތް، ޤާނޫނެއް ހެދި ދާނެއެވެ. ހަމަ އެހެންމެ ތަންފީޛް ވެސް ކުރެވި ދާނެއެވެ. ނަމަވެސް އެންމެ ބުއްދިވެރި ގޮތް ކަމުގައެއް ނުވާނެއެވެ. ހަޤީގަތުގައި، އެމައްސަލައަށް ޤާނޫނަކުން ހައްލެއް ގެނައުމުން ނުކުންނާނީ 2 ނަތީޖާއެކެވެ. ފުރަތަމަ ކަމަކަށް، ބޯހިޔާވަހި ކަމުގެ ދާއިރާގައި ގިނައީ އަމިއްލަ ފަރުދުންނެވެ. އެދާއިރާ ޑޮމިނޭޓް ކުރަނީ ޕްރައިވެޓް ސެކްޓާއިންނެވެ. އެހެންކަމަށް ވާނަމަ، ސަރުކާރުން ބޭނުންވާހާ އިރެއްގައި ބޭނުންވާހާ ގޮތެއް ކުއްޔަކަށް ނުހެދޭނެއެވެ.

އަމިއްލަ ފަރުދުން އެދާއިރާއަށް ވަންނަނީ ކީއްވެތޯއެވެ؟ ނަފާ ބޮޑު ސިނާއަތެއް ކަމުންނެވެ. އެހެންކަމަށް ވާނަމަ، ޤާނޫނަކުން ވަކި އަގެއް ކަނޑައެޅުމުން، އެ ފަރާތްތައް އެދާއިރާ ދޫކޮށްލުމީ އެންމެ ގާތް ގޮތެވެ. އަދި އެދާއިރާއަށް ޚަރަދެއް ނުކުރާނެއެވެ. ބުރި ބުރިއަކަށް ގެއެއް ނާޅާނެއެވެ. ސަރުކާރަށް ކުރު މުއްދަތެއްގައި، ބޭނުންވާ ވަރަށް ގެދޮރު ބިނާ ނުކުރެވިއްޖެ ނަމަ، މައްސަލަ ކުރިޔަށް ވުރެ ގޯސްވެދާނެއެވެ. ބޯހިޔާވަހިކަމުގެ ދަތިކަން ކުރިޔަށް ވުރެ ބޮޑު ވެދާނެއެވެ.  އެހެންވެއްޖެ ނަމަ، ފޮއެ ވެއްޓޭނީ ރިހޭ ފައި މައްޗަށް ނޫންބާއެވެ؟ 

ދެވަނަ ކަމަކީ، އެދާއިރާގައި ތިބި ގިނަ އަދަދެއްގެ ފަރާތްތައް އެޤާނޫނާއި ޙިލާފުވެ، ކުށްވެރި ވުމެވެ. އެހެންވެއްޖެ ނަމަވެސް ހަމަ އެއްކަލަ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓޭނެތާއެވެ. އެހެންކަމުން، ޕްރައިވެޓް ސެކްޓާގެ މެޖޯރިޓީ އޮންނަ ދާއިރާ ތަކުގައި ހުންނަ މައްސަލަތަކަށް ޤާނޫނަކުން، ފުރިހަމަ ހައްލެއް ނުލިބޭނެއެވެ. އޮތީ ދިގުމުއްދަތެއްގެ ދެމެހެއްޓެނިވި ހައްލެކެވެ.  ގިނަ ބަޔަކު ޤާނޫނާ ހިލާފުވެ، ތަނަވަސް ކަމުގެ އަހުލުވެރިން، ޤާނޫނާ ހިލާފަށް އަގު ބޮޑުކޮން ނުވަތަ ގޭގެ ވެރިޔާ ދޭން ބޭނުންވާ އަގެއްގައި ކުއްޔަށް ނަގަމުން ގެންދާނެއެވެ. މައްސަލަ ހައްލެއް ނުވާނެއެވެ. ފޮއެ ވެއްޓޭނީ ރިހޭފައި މައްޗަށެވެ. ނިކަމެތިން ވާނީ ބިކަވެ، މަގުމައްޗެވެ!

އެފަދަ މައްސަލަތަކަކަށް، ޤާނޫނަކުން ހައްލު ނުލިބޭނަމަ ދެން ހައްލަކީ ކޮބާބާއެވެ؟ އެފަދަ އަމިއްލަ ފަރުދުންގެ މެޖޯރިޓީ އޮންނަ ސިނާއަތް ތަކުގައި، އެންމެ ބުއްދިވެރި ގޮތަކީ ސަރުކާރުން ބޭނުންވާ ވަރަށް ވުރެ އިތުރަށް ގެ އެޅުމެވެ. އެކަމުގެ ސަބަބުން، ކުލި ކުޑަ ކުރަން ގެތަކުގެ ވެރިންނަށް މަޖުބޫރު ވާނެއެވެ. އެހެން ކަމުން، ބޯހިޔާ ވަހި ކަމަށް ފުރިހަމަ ހައްލެއް ހޯދުމަށްޓަކައި، ސަރުކާރުން ޑިމާންޑަށް ވުރެ ސަޕްލައި އިތުރު ކުރަންޖެހެއެވެ. އިގްތިސާދީ ބާރަކާއި ނުލާ އިންޓަފިއާ ކޮށްގެން ގެއްލުން ވާނީ ނިކަމެތިންނަށެވެ.



ނޯޓް: މިއީ، ލިޔުންތެރިންގެ އަމިއްލަ ޚިޔާލާއި ނަޒަރިއްޔާތަށް ލިޔުންތައް ލިޔުމުގެ ފުރުޞަތު ދިނުމަށްޓަކައި ހުޅުވާލެވިފައިވާ ފުރުޞަތުގެ ދަށުން ލިޔެފައިވާ ކޮލަމްއެކެވެ. މިލިޔުމުގައި އެވަނީ ލިޔުންތެރިޔާގެ އަމިއްލަ ޙިޔާލެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ