މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ޤައުމީ ދުވަސް، މިއަދު ބޮޑު ތަކުރުފާނަށް ދޭނީ ކޮން ޖަވާބެއް؟

މިއަދަކީ ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ. ޤާނޫނު އަސާސީގައި ވެސް ބަޔާން ކުރާ، އާދެ، ޤައުމީ ދުވަހެވެ. ޤައުމީ ދުވަހޭ ބުނުމުން ނޭންގޭނެ ހަމަ އެންމެ ދިވެއްސެއްވެސް ނޫޅޭނެއެވެ. ހިޖުރައިން 981 ވަނަ އަހަރު، ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ވިލޭރޭ، ދުނިޔޭގެ ދެބައި ކުޅަ އެއްބައިގެ ރަސްކަން ކުރި ޕޯޗުގީޒުންގެ އަތްދަށުން މި ލޮބުވެތި ވަތަން ސަލާމަތްވެ، އަޅުވެތި ކަމުގެ ގަދަ ހޫނުން، މިނިވަން ކަމުގެ ފިނިހިޔަލަކަށް ވާސިލްވި އުފާވެރި، އަދި ޝުކުރުވެރި މުނާސަބެވެ. 

ގައުމީ ލޭ ހިނގާ، ފަޚްރުވެރި ދިވެހި ދަރިއެއްގެ ޒިކުރާ އައުކުރާ ދުވަހެވެ. އައްސުލްތާނުން ޣާޒީ މުހަންމަދު ތަކުރުފާނުލްއައުޒަމް ނުވަތަ ބޮޑުތަކުރުފާނުން ކުރެއްވި އާދަޔާ ހިލާފު ޖިހާދުގެ ޒިކުރާ ރަސްމީ ސިފައެއްގައި އައުކުރާ 77 ވަނަ އަހަރެވެ. ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހު އޭރު ކަނޑުތަކުގެ ބާޒުތަކުގެ ނަމުން ނަން މަޝްހޫރު ޕޯޗުގީޒުން ރާއްޖެ ހިފައި ވެރިކަން ހިންގާން ފެށިއެވެ. އޭގެ 15 އަހަރާއި 6 މަސް ފަހުން ރާއްޖެ އަނެއްކާވެސް މިނިވަން ކަމުގެ ނޭވާލީ ބޮޑުތަކުރުފާނުގެ ހިތްވަރުގެ ސަބަބުންނެވެ. ދުވަހުގެ ތާރީހާ ބެހޭ ގޮތުން އިތުރު އެއްޗެއް ދަންނަވާކަށް ނެތީމެވެ. 

އަޅުގަނޑުމެންނަށް މިނިވަން ކަމުގެ ނޭވާ މި ލެވެނީ، މިފަދަ މަތިވެރި ޖިހާދުތަކުގެ ސަބަބުންނެވެ. ފަތިހު ނަގާލާ ދިދަ އަކުން، ބާއްވާލާ ޖަލްސާ އަކުން، ނުވަތަ ދައްކާލާ މޮޅު ވާހަކަ އަކުން އަގު އަދާކޮށް ނުނިމޭނެ މަތިވެރި ޤުރުބާނީއެކެވެ. ދުވަސްތައް ފާއިތުވެ، ޒަމާން ބަދަލުވެ، ގައުމީ ކަންކަން " ފެށަނުން" ނެއްޓިއްޖެއެވެ. ގައުމީ ލޯބި މުސްކުޅި ކަމަކަށް ވެއްޖެއެވެ. އަޅުވެތި ކަމުގެ ހިތި ޒަހަރުގެ ރަހަ ނުދެކޭ ޖީލަކަށް މިނިވަން ކަމުގެ ފޮނި މީރުކަން އިހުސާސް ނުކުރެވުމަކީ ތޮބީއީގޮތުން ބަލާއިރު ހައިރާން ކުރުވަނިވި ކަމެއްނޫނެނެވެ.

އޭރުގެ ހާލަތަށް ބަލާއިރު ޕޯޗުގީޒުންގެ ކުރިމަތީ ރާއްޖެއަށް ހަމަ އެންމެ "ޗާންސެން" ވެސް ނެތޭ ދެންނެވުމުން މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އެހެންނަމަވެސް ބޮޑުތަކުރުފާނު ގައުމުގެ ހައްގުގައި ނުކުންނެވީ ވިޔަޒޯރުގެ އެހީގައި ޕޯޗުގީޒުންގެ ހިޔަލުގައި އުފަލާއި އަރާމުގައި އުޅެވެން ނެތީމަކަައެއް ނޫނެވެ.

މިފަދަ މަތިވެރި ގުރުބާނީއެއްވެ މިނިވަންކަން ހޯއްދަވާއި ދެއްވި އަބުތާލުންގެ ކުރިމަތީ ހުއްޓި ހުރެ، " އިންޑިޔާއިން ބޭނުންނަމަ ރާއްޖޭގެ އެންމެން މަރާފައި ވެސް ރާއްޖެ ހިފާނެ" މިހެން ބުނެލަން ކެރޭނެތޯ، އަދުގެ އިޤްތިޞާދީ ވަޒީރުގެ އަރިހުން އަހާލަން ބޭނުމެވެ. އޭރު މުޅި ދުނިޔޭގެ 2/1 ގެ ރަސްކަން ކުރި ބަޔަކަށް ނުވީ ކަމެއް 21 ވަނަ ގަރުނުގައި ކުރޭވޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ. މިއަދު ގައުމީ ދުވަހުގެ "ހެޑްލައިން" ތައް ހައްދަވާ ސިޔާސީ ބޭފުޅުން، މިކަން ދަންނަނީ ކިހާ މިންވަރަކަށްތޯ ސުވާލު ކޮށްލަން ނުހަނު ބޭނުމެވެ. އެބޭފުޅުންގެ ފެންވަރާއި، " އިންޓެގްރިޓީ" މިނެ ކިރާނީ ރައްޔިތުންނެވެ. 

އޭރުވެސް ދިވެހިންގެ ދީނާ، އަމިއްލަ ވަންތަކަމާއި، ދިވެހިންގެ އަމިއްލަ ނިންމުން ތަކުގެ މައްޗަށް އެހެން ބޭރުގެ ބަޔަކު ބަސް ބުނާކަށް ދިވެހިންނެއް ނޭދެއެވެ. ދިވެހިންނަކީ އަމިއްލައަށް ކަންކަން ނިންމުމުގެ ބާރައި، ކެރުމާއި، އަދި ހުނަރު ވެސް ހުރި ބައެކެވެ. އަދުގެ ހާލަތު އަޅުގަނޑުގެ ގަލަމުން ސިފަކޮށްދޭކަށް ނެތީމެވެ. އިސް އުފުލާ ބަލާ ކޮންމެ މީހަކަށް، ވިސްނާ ފިކުރު ކުރާ ކޮންމެ މީހަކަށް ގައުމުގެ އިސްތިގްލާލާއި، މިނިވަން ކަމާއި އަދި ސިޔާދަތު އޮތް ނެއްގޮތް ސާފު ވެގެންދާނެއެވެ. 

މިއަދު އަޅުގަނޑުމެން އަލުން އަނެއްކާ، މިނިވަން ކަމުގެ ހައްގުގައި ގުރުބާނީ ތަކެއް ވާން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ދަރީންނަށް މިނިވަން ކަމުގެ ހަގީގީ މާނަ ދަސްކޮށްދޭންޖެހެއެވެ. މިނިވަން ގައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ކެނޑިނޭޅި މަސައްކަތް ކުރަންޖެހެއެެވެ. މިއަދު އަޅުގަނޑުމެން ބޮޑު ތަކުރުފާނަށް ދަންނަވާނީ ކީކޭތޯއެވެ؟ މި ވަތަން މިނިވަންކަން މަތީ އަބަދުގެ އަބަދަށް ލަހައްޓަވާށިއެވެ. އަޅުގަނޑުމެންގެ ހިތްތަކުގައްޔާއި، އަޅުގަނޑުމެންގެ ދަރީންގެ ހިތްތަކުގައި ގައުމީ ލޯބި އިތުރު ކުރައްވާށިއެވެ.



ނޯޓް: މިއީ، ލިޔުންތެރިންގެ އަމިއްލަ ޚިޔާލާއި ނަޒަރިއްޔާތަށް ލިޔުންތައް ލިޔުމުގެ ފުރުޞަތު ދިނުމަށްޓަކައި ހުޅުވާލެވިފައިވާ ފުރުޞަތުގެ ދަށުން ލިޔެފައިވާ ކޮލަމްއެކެވެ. މިލިޔުމުގައި އެވަނީ ލިޔުންތެރިޔާގެ އަމިއްލަ ޙިޔާލެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

2 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ބާކުލި 3 years ago

ވަރަށް ސަޅި

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލީ 3 years ago

ބޮޑު ތަކުރުފާނަށް ދޭނެ ޖަވާބެއް ނެތް. އިންޑިޔާ އައުޓް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ