މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

އިންތިޚާބާއި ދިމާކޮށް ކޮންކްރީޓް ތަރައްޤީ މެކުހަށް!

އިންތިޚާބުތައް ކާމިޔާބު ކުރުމުގައި އެކި ފަރާތްތަކުން ގެންގުޅެނީ އެކި އުޞޫލެވެ. ކާމިޔާބީ ހޯދުމަށް ނުރާވާ ޕްލޭނެއް ނޯވެއެވެ. އިންތިޚާބުތަކާއި ދިމާކޮށް ތަރައްޤީގެ އެކި ޕްރޮޖެކްޓްތައް ރަށްރަށުގައި ފަށަން އިޢުލާން ކުރުމާއި، ފެށުމާއި، ނިންމާ ރިބަން ކަނޑާލުމާ މިފަދަ ކަންކަމަކީ އާ ކަންކަމެއް ނޫނެވެ.

އެގޮތުން، ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާއިރު، ކޮންމެ ދުވަހަކު ޚަބަރުތަކުންނާއި މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުން މި ފެންނަނީ ކޮންމެވެސް މަޝްރޫޢުއެއްގައި ސޮއި ކުރާ މަންޒަރެވެ. އެއަރޕޯޓް އެޅުންފަދަ ބިޔަ ބޮޑެތި ޕްރޮޖެކްޓްތަކުން ފެށިގެން ރަށްރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުތައްވެސް ފުލުފުލުގައި އެ ގެންދަނީ ފަށަމުންނެވެ. ކޮންމެވެސް އެގްރީމެންޓެއްގައި ސޮއި ނުކުރާ ވަކި ދުވަހެއްވެސް ނުދެއެވެ. 

މިއީ އެފަދަ ޕްރޮޖެކްޓްތަކަށް އެންމެ މުނާސަބު ވަގުތު ބާވައެވެ؟ ކޮވިޑް ކޭސްތައް އަންނަނީ ހުއްޓުމެއް ނެތި ގިނަ ވަމުންނެވެ. ވިޔަފާރިވެރިން ތިބީ މާޔޫސްވެފައެވެ. އިޤްތިޞާދު އޮތީ ވެންޓިލޭޓަރުގައެވެ. އެހެންކަމުން، މިއަދު އެއާޕޯޓާއި، މަގާއި އަދި ފުޓްސަލް ދަނޑުތައް ހެދުމަކީ އެންމެ ބުއްދިވެރި ގޮތްތޯ ވިސްނާލަން ޖެހެއެވެ. އިޤްތިޞާދުގައި އެވަރު އެބަހުރިބާވައެވެ؟  

ކޮންމެ ސަރުކާރަކުންވެސް އިންތިޚާބާއި ދިމާކޮށް ކުރާ ކަންކަން މިސަރުކާރުންވެސް ކުރަނީ ކަމަށް ބަލަމާ ހިނގާށެވެ. ދޮރުން ދޮރަށް ހިނގުމުގެ އުކުޅަށްވުރެ ކާމިޔާބު ގޮތަކަށް މިގޮތް ފެންނަނީތާއޭ ހިތަށް އަރައެވެ. ނަމަވެސް، ފާހަގަ ކޮށްލެވޭ އެހެންކަމެއް އެބައޮތެވެ. މިސަރުކާރު ވެރިކަމަށް އައީ ޖަޒީރާ ރާއްޖެއެއް ބިނާ ކުރުމަށެވެ. ވިސްނައިދެމުން ދިޔައީ، ކޮންކްރީޓަކީ ތަރައްޤީ ނޫން ކަމަށެވެ. މަގު ހެދުމަކީ ތަރައްޤީ ނޫންކަމަށެވެ. ރަށްފުށުގައި ވެލިގަނޑުގައި ހިނގާލާފައި އުޅުމަކީ ތަރައްޤީގެ ވައްތަރެއްގެ ގޮތުގައި އޭރު ބުނެދިނެވެ. 

ނަމަވެސް، މިއަދު މިވަނީ މަންޒަރު ބަދަލުވެ، އިންތިޚާބާއި ދިމާކޮށް ކޮންކްރީޓް ތަރައްޤީ އެކި ހިސާބުތަކުގައި ރުކުރުވާލާފައެވެ. އަލިފާންފޮށި ބަނދަރުތަކާ، ސިމެންތިއާއި ތާރުގެ މަގުތަކާ، ގަސްތައް ކަނޑާ ތިމާވެއްޓަށް ގެއްލުންދޭ އެއަރޕޯޓްތައް އެޅުމާ، މުރަކައިގެ އާއިލާތައް ނެތިކޮށްލާ ބިން ހިއްކުމުގެ މަޝްރޫޢުތައް މިވަނީ ފަށާފައެވެ. މިއިން އެއްކަމަކުންވެސް މިހާރު ތިމާވެއްޓަށް ހިލަމެއްވެސް ހަމަ ނުވަނީތޯއެވެ. ޖަޒީރާ ރާއްޖެއެއްގައި މިފަދަ ނުޖަޒީރާ ތަރައްޤީ މިއީ ދެއްކި ވާހަކައާއި ދިމާވާ ކަމެއްތޯއެވެ.




____
ނޯޓް: މިއީ، ލިޔުންތެރިންގެ އަމިއްލަ ޚިޔާލާއި ނަޒަރިއްޔާތަށް ލިޔުންތައް ލިޔުމުގެ ފުރުޞަތު ދިނުމަށްޓަކައި ހުޅުވާލެވިފައިވާ ފުރުޞަތުގެ ދަށުން ލިޔެފައިވާ ކޮލަމްއެކެވެ. މިލިޔުމުގައި އެވަނީ ލިޔުންތެރިޔާގެ އަމިއްލަ ޙިޔާލެވެ. 

މިލިޔުން ކިޔާލުމުން

67%
އުފާވި
0%
ދެރަވި
33%
ހިނިއައި
0%
ރުޅިއައި

4 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ސޭޓު 3 years ago

ޥަރަށް ފުރިހަމަ ލިޔުމެއް އިނާހު

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ްބާކުލި 3 years ago

ވެލިގަނޑުގަ ފާވާނަށް ނާރާ އުޅުމަކީ ތަރައްޤީއޭ. ހެހެހެ.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ޢަހުމަދު 3 years ago

ޜީތި ފުރިހަމަ ލިޔުމެއް.

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ފިނިހަކަ 3 years ago

ކިހިނެތް ހަދާނީ

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ