މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ދުވާފަރުގައި ޕޮޒިޓިވްވާ އަދަދު ގިނަ، އިއްޔެ އެކަނިވެސް 34 މީހުން ޕޮޒިޓިވް!

ރ. ދުވާފަރުން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް19 އަށް ޕޮޒިޓިވްވާން ފަށައިފިއެވެ.

ދުވާފަރު ޞިއްޙީ މަރުކަޒުން އާންމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، އެރަށުން އިއްޔެ އެކަނިވެސް 34 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ކޮންޓެކްޓް ރިލީޒް ސާމްޕަލްގެ ގޮތުގައި ނެގި 1 ސާމްޕަލާއި 29 ކޮންޓެކްޓް ފުލޫ ސާމްޕަލް އަދި 04 ފުލޫ ސާމްޕަލެވެ. 

ހޯމް ކަރަންޓީނަށް ދިޔަ މީހުންގެ ސާމްޕަލްތައްވެސް ހިމެނޭގޮތަށް މިހާތަނަށް އެރަށުން 296 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި އެރަށުގައި ބަލި ޖެހިފައި 181 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 3 މީހެއްގެ ހާލު ދެރަވެގެން މިހާރުވަނީ އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ބަދަލު ކޮށްފައެވެ. 

އެރަށުގައި މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އެރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ