މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޢަބްދުއް ރައޫފް

ފައިނު އައުޓްޑޯރ ޖިމް ހުޅުވައިފި

އިންޑިއާ ސަރުކާރުގެ އެހީގައި ސަރުކާރުން ޤާއިމްކުރި އައުޓްޑޯރ ޖިމްގެ މަސައްކަތް ނިންމާ މިއަދު ހުޅުވައިފިއެވެ.

ޖިމް ހުޅުވާފައިވަނީ ފައިނުގައި މިއަދު ކުރިޔަށް ގެންދިޔަ ކުޑަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޖިމް ހުޅުވައިދެއްވީ، ޞިއްޙީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްދެއްވާފައިވާ، ކުރީގެ ފެމެލީ ހެލް އޮފިސަރ ޙަސަން މަނިކާއި، ޞިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެ ހިންނެވި ކޮމިއުނިޓީ ހެލްތް އޮފިސަރ އިބްރާހީމް ސިޔާމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އާމިނަތު ޒިދުނާ އަދި ފައިނު ސްކޫލްގެ ސްޕޯޓްސް ކުލަބްގެ އިންޗާޖު އިސްމާޢީލް ރަޝީދެވެ. 
ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ފައިނު ކައުންސިލް
މި ރަސްމިއްޔާތުގައި ފައިނު ކައުންސިލްގެ ރައީސް މޫސާ ޢުމަރުމަނިކު ދެއްކެވި ވާހަކައިގައި ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް މިފަދަ ޖިމެއް ވަރަށް މުހިންމު ކަމަށެވެ.  އަދި ޖިމްގެ ފުރިހަމަ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފުމަށް މޫސަ ވަނީ އެދިވަޑައިގެންފައެވެ. 

ފައިނުގައި އައުޓްޑޯރ ޖިމެއް އަޅަން އަމިއްލަ ކުންފުންޏަކާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު 9 ވަނަ ދުވަހުއެވެ. އެފަހަރު ފައިނުގެ އިތުރުން އިތުރު 31 ރަށެއްގައި ޖިމް އަޅަން ހަވާލު ކުރިއެވެ. ނަމަވެސް، މި މަސައްކަތް ނިންމާލާފައިވަނީ ކަނޑައެޅި ތާރީޚަށްވުރެ ވަރަށް ބޮޑުތަން ލަހުންކަން ފާހަގަ ކޮށްލެވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ