މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްމާއިލް ޝަފީޢު

ފައިނު ސްކޫލަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފި

ފައިނު ސްކޫލަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ހަރަކާތްތަކެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.

މި ދުވަސް ފަށާފައިވަނީ މުދައްރިސުންނާއި ދަރިވަރުން ފަތިސް ނަމާދު ޖަމާޢަތުގައި ކުރުމާއިއެކުއެވެ. އެއަށްފަހު މިއަދުވަނީ ދަރިވަރުންނަށް ޚާއްސަ ކޮށްގެން ކުރެހުމުގެ މުބާރާތެއް ކުރިޔަށް ގެންގޮސްފައެވެ. 

މި މުބާރާތުގެ ތީމެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ، "މައި ފިއުޗަރ ސްކޫލް" އެވެ. 

މިއަދުގެ ފަހު ހަރަކާތެއްގެ ގޮތުން ކުރިޔަށް ގެންދިޔައީ، މި ހަފްތާގައި ކުރިޔަށް ގެންދިޔަ ފައިނު ސްކޫލް ސްޕޯޓްސް ފެސްޓިވަލް ނިންމުން ފާހަގަ ކުރުމާއިއެކު ކުރިޔަށް ގެންދިޔަ ދަށް ގްރޭޑުތަކުގެ ދަރިވަރުންގެ ހޭންޑްބޯލް މެޗެކެވެ. 

މޫސުން ގޯސްވުމުގެ ސަބަބުން، މި ދުވަސް ފާހަގަ ކުރުމަށް ކުރިން ރޭވި ބައެއް ހަރަކާތްތައް ފަސް ކޮށްފައިވާކަން ވެސް ފާހަގަ ކުރެވެއެވެ. 

ފައިނު ސްކޫލަކީ ދިގު ތާރީޚެއް އޮތް ސްކޫލެކެވެ. ސްކޫލް ރަސްމީކޮަށް ރަޖިސްޓްރީ ކޮށްގެން ހިންގަން ފެށިތާ 40 އަހަރު ފުރުން ފާހަގަ ކުރިނަމަވެސް، ފައިނު ސްކޫލަކީ އޭގެ ވެސް މާކުރިން އެކި ސިފަސިފައިގައި ތަޢުލީމު ދެމުންދިޔަ ސްކޫލެކެވެ. 

މިހާރު ފައިނު ސްކޫލަކީ، ޖީސީއީ އޯލެވެލް އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. އަދި އަތޮޅު ފެންވަރުގައި ވެސް ފާހަގަ ކޮށްލެވޭ ފަޚްރުވެރި ވަނަތަކެއް ހާސިލް ކޮށްފައިވާ ސްކޫލެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ