މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެލްޖީއޭ

އިދާރާތަކާއި ބައްދަލު ކުރުމަށް ފައިނު ކައުންސިލުން މާލެއަށް ދަތުރެއް ފަށައިފި

ފައިނު ކައުންސިލުން ސަރުކާރުގެ އެކި މުއައްސަސާތަކާއި ބައްދަލު ކުރުމަށް މާލެއަށް ދަތުރެއް ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިދަތުރުގައި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކާއި އެނޫންވެސް މުހިންމު އިދާރާތަކާއި ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މި ދަތުރުގެ ތެރެއިން މިއަދުވަނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި އެލްޖީއޭގެ ސީއީއޯ ފާޠިމަތު އަފްޝަން ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު ބައިވެރިވެލެއްވިއެވެ. 

ކައުންސިލްގެ ހިންގުމަށް އެކި ގޮތްގޮތުން ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގައި ފައިނު ކައުންސިލްގެ ރައީސްގެ އިތުރުން އިތުރު 3 މެންބަރުން ބައިވެރިވެލައްވައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

އަލީ 2 years ago

މެޗު ބަލާލަނަ ދޯ ދިޔައީ. ކައުންސިލް ރައީސް ޗުއްޓީ ދިގުކޮށްލަން ކުރާކަމެއް

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ