މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީޢު

ފައިނު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުމުގެ ޖަލްސާ މިމަހު 25 ގައި

ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކުން ބޭއްވުމަށް ލާޒިމް ކުރާ ފެބްރުއަރީ މަހުގެ ތެރޭގައި ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުން މި މަހު 25 ވަނަ ދުވަހު ފައިނު ކައުންސިލުން ބާއްވަން ނިންމައިފިއެވެ.

ފައިނު ކައުންސިލުން ބުނީ، މި ބައްދަލުވުން އޮންނާނީ އެރޭގެ 8:30 ގައި ފައިނު ދަތުރުވެރިންގެ ހިޔާގައި ކަމަށެވެ. 

މި ބައްދަލުވުމުގައި 2021 ވަނަ އަހަރުގެ އަހަރު ރިޕޯޓް ރައްޔިތުންނާއި ހިއްސާ ކުރުމާއި، 2021 ވަނަ އަހަރުގެ މާލީ ހިސާބުތައް ރައްޔިތުންނާއި ހިއްސާ ކުރުން އަދި ރައްޔިތުންގެ ހިޔާލު ހުށަހެޅުމާއި، ސުވާލުކުރުން އޮންނާނެ ކަމަަށް ކައުންސިލުން ބުނެއެވެ. 

ފައިނު ކައުންސިލުން މިއަދު ކުރި އިއުލާނާއިއެކު، ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި ފައިސާގެ ހިސާބުތައް ވަނީ އާންމު ކޮށްފައެވެ. 

ލާމަރުކަޒީ ގާނޫނު ބުނާގޮތުން، އެ ގާނޫނުގައި ލާޒިމްކުރާ މި ބައްދަލުވުން ބޭއްވުމުގެ 7 ދުވަސްކުރިން، ޖަލްސާގެ އެޖެންޑާއާއި، ޖަލްސާގައި ހިއްސާކުރާ ރިޕޯޓުތައް އާންމު ކުރަންޖެހެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ