މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ރ. އަތޮޅު ފުޓްސަލް ޗެލެންޖް: އިނގުރައިދޫއާއި އަލިފުއްޓަށް މޮޅެއް

ރ. އިންނަމާދޫގައި މިހާރު ކުރިއަށްދާ، ރ. އަތޮޅު ފުޓްސަލް ޗެލެންޖް 2023ގައި އިއްޔެ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ، އިންނަމާދޫ އަދި އިނގުރައިދޫއެވެ.

މިމެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިނގުރައިދޫއެވެ.

މުބާރާތުގައި އިނގުރައިދޫ އިން ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ރ. މަޑުއްވަރީ އަތުން މޮޅުވެފައިވާއިރު، ދެމެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު އެޓީމު މިހާރު އޮތީ ގުރޫޕުގެ އެއްވަނައިގައެވެ. އަދި އެ ޓީމުން މިވަނީ ސެމީ ފައިނަލްގެ ފުރުސަތު ބޮޑުކޮށްފައެވެ. މި ނަތީޖާއާއިއެކު އިންނަމާދޫ މިވަނީ މުބާރާތުގައި ކުރިއަށްދިޔުމުގެ މަގު ބަންދުވެފައެވެ. 

އިއްޔެ ދެން ކުޅުނު މެޗްގައި ބައްދަލުކުރީ، ރަސްމާދޫއާއި އުނގޫފާރެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނުއިރު 3-0 ގެ ނަތީޖާއަކުން ކުރީގައި އޮތީ އުނގޫފާރެވެ. ނަމަވެސް، އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ދެއްކި، ދެމިނިޓުގެ ކުޅުމުގެ ތެރޭގައި ރަސްމާދޫން ވަނީ ނަތީޖާ ހަމަހަކޮށްފައެވެ. މިމެޗު ނިމުނީ 3-3 ގެ ނަތީޖާއަކުންނެވެ.

ރޭ ކުޅުނު އަނެއް މެޗްގައި ބައްދަލުކުރީ މަޑުއްވަރީއާއި އަލިފުއްޓެވެ. މިމެޗު ފަސޭހަކަމާއެކު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލިފުއްޓެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ