މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ރަސްމާދޫ ބަލިކޮށް އިނގުރައިދޫ ފައިނަލަށް

މިހާރު ކުރިއަށްދާ ރ. އަތޮޅު ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ރަސްމާދޫ ބޮޑުތަފާތަކުން ބަލިކޮށް އިނގުރައިދޫން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރ. އިންނަމާދޫ ފުޓްސަލް ދަނދުގައި ސެމީގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30ގައި ބައްދަލުކުރީ އިނގުރައިދޫ ފުޓުބޯޅަ ޓީމާއި ރަސްމާދޫ ސްޕޯޓްސް ކްލަބެވެ.
 
މިމެޗު 6-12 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އިނގުރައިދޫއެވެ. މި ނަތީޖާއާއިއެކު އިނގުރައިދޫން މިމުބާރާތުގައި ފައިނަލަށް ދަތުރު ކޮށްފައި މިވަނީ ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. މިއަދު ކުޅުނު މެޗްގެ މޭން އޮފްދަ މެޗަކީ އިނގުރައިދޫ ޓީމްގެ އަޙްމަދު އައިހަމްއެވެ. 
 
މިރޭ 8:00ގައި ކުޅޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ދުވާފަރު ސްޕޯޓްސް ކްލަބު އަދި އަލިފުށި ރިކްރިއޭޝަން ކްލަބެވެ. ދުވާފަރަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

މިލިޔުން ކިޔާލުމުން

25%
އުފާވި
25%
ދެރަވި
25%
ހިނިއައި
25%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ