މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރައީސް އޮފީސް

ރ. މީދޫ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ފަށާނެ: ރައީސް

ރ. މީދޫގެ ބިން ހިއްކުމުގެ މަޝްރޫއު މި އަހަރުގެ ތެރޭގައި ފައްޓަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިރޭ އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް ވިދާޅުވީ، ބަޖެޓުގައި އެކަމަށް ހިމެނިފައިއޮތީ ވަރަށް ކުޑަ އަދަދެއްކަމަށެވެ. ނަމަވެސް އެކަމަކީ މިހާރުން މިހާރަށް ވެސް މުހިންމު ވެފައިވާ ކަމެއްކަމުން، މީދޫގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފައްޓަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. 

އޭގެ އިތުރުން އެ ރަށަށް ކެމްޕޭންގައި ވަޑައިގެން ވެވަޑައިގެން ވައުދުތަކުގެ ތެރޭގައި ހިމެނޭ އިތުރު ކަންކަން ވެސް ކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. 

އެގޮތުން، އެ ރަށުގައި އަޅަން ހަމަޖެހިފައިވާ ހޮސްޕިޓަލްގެ މަސައްކަތް ފާހަގަކުރައްވާ، ކުރިން ވެސް ޔަގީންކަން ދީފައިވާގޮތަށް ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ގެންގޮސްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު ބަނދަރަށް އިތުރު ކުރުމަށް މިހާރު އޮތީ 300 ފޫޓް ނަމަވެސް، ކައުންސިލުން އެދިފައިވާގޮތަށް 500 ފޫޓް އިތުރުކޮށްދިނުމަށް ނިންމަވާފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ