މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޝަފީއު

​އީދު ނަމާދު ފަށާ ގަޑި 7:00 އަށް އަވަސްކުރަން ނިންމައިފި

​އީދު ނަމާދު ފަށާ ވަގުތު ހެނދުނު 7:00 އަށް އަވަސްކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

​އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެގޮތަށް ހަމަޖެއްސީ ރާއްޖޭގައި މީގެ ކުރިން އީދު ނަމާދު ކުރަމުންދިޔަ ވަގުތަކީ އިރުއަރައި، އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވާތީ ކަމަށާއި މައިދާންތަކާއި ހުސްބިންތަކުގައި އީދު ނަމާދު ކުރަމުން ގެންދާއިރު، ނަމާދަށް ދާ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ހޫނުގަދަވުމުގެ ސަބަބުން އުނދަގޫވާނެތީ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް އީދު ނަމާދު ކުރަމުން އައީ ހެނދުނު 7:30 ގައެވެ.

ބަޔާނުގައި ބުނެފައިވަނީ ކީރިތި ރަސޫލާ ވެސް އީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުހާ ވަގުތުގައި ކަމަށާއި އެެހެންކަމުން ކުރިއަށްއޮތްތާ ރާއްޖޭގައި އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:00 ގައި ކަމަށް ކަނޑައަޅާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ