މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ވަންއޮންލައިން

މަޑުއްވަރީގެ ކެފޭތައް އަމިއްލަ އިސްނެގުމުގެމަތިން ބަންދުކުރަން ނިންމައިފި

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން، އެކަމުން ސަލާމަތްވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި ފިޔަވަޅުތައް އަޅަމުންދާއިރު، ރ. މަޑުއްވަރީގައި ހިންގާ ސައިހޮޓާތަކާއި ރެސްޓޯރަންޓްތައް ވަގުތީގޮތުން ބަންދުކުރަން އެތަންތަނުގެ ވެރިފަރާތްތަކުން ނިންމައިފިއެވެ.

މިކަން އާންމުކުރައްވާ މަޑުއްވަރީ ކައުންސިލުން އާންމު ކުރައްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސައިހޮޓާ ރެސްޓޯރެންޓްތައް ބަންދުކުރަން ސަރުކާރުން އެންގެވީ މާލެ ސަރަޙައްދަށް ކަމުގައިވީނަމަވެސް، މަޑުއްވަރީގައި މިފަދަ ޚިދުމަތްދޭ ފަރާތްތަކުގެ އަމިއްލަ އިސްނެގުމުގެމަތިން އެފަރާތްތަކުގެ ފަރުދީ ޒިންމާއެއްގެގޮތުން ރޭގެ 12 އިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ރޭގަނޑު 12 އާއި ހަމައަށް ޓޭކްއަވޭއާއި ޑެލިވަރީ ޚިދުމަތް ފިޔަވާ އެހެން ޚިދުމަތްތައް ދިނުން ހުއްޓާލާނެކަން އެފަރާތްތަކުން އަންގާފައިވާކަމަަށެވެ. 

މިބަޔާނުގައި އިތުރަށް ބުނެފައިވަނީ، މީހުން ބޭރަށް ނިކުތުން މަދުކުރުމަށް ވިޔަފާރިވެރިން ނިންމަވާފައިވާ މި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށާއި އެކަމަށްޓަަކައި އެފަރާތްތަކަށް މަޑުއްވަރީ ކައުންސިލުން ވަނީ ޝުކުރު ޢަދާކޮށްފައެވެ. 

ސަރުކާރުން އަންގާ އެންގުންތަކުގެ އިތުރަށްވެސް ވަކިވަކި ރަށްރަށުން އެކިކަހަލަ ސަލާމަތީ ފިޔަވަޅުތައް މިދުވަސްވަރު އަޅަމުންދާކަން ފާހަގަ ކުރެވެއެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ