މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ވާހަކަ: ހިތް ތެޅުނުވަރުން - 5

މޫނުމަތީގައި އޮތް ބެޑްޝީޓު ހިއްލާލުމަށް ފަހު ބަލާލީ ކައިރީގައި އޮތް މެދު އުމުރުގެ ޒުވާނާގެ މޫނަށެވެ. އުމުރުން ސާޅީހަކަށް އަހަރުވެފައިވާކަން ބޮލުގައި ހުރި ކުދިކުދި ނުރަތަކުން އެނގެއެވެ. ސާޅީސް އަހަރު ފުރިފައިވިޔަސް ބަލާލަން ރީއްޗެވެ. ސިނގެރޭޓް ބުއިމުގެ ސަބަބުން މުޅި މީހާގެ ތުންފަތްވަނީ އެއްކޮށް ކަޅުވެފައެވެ. ނިދާ ހޭލިއިރު ހަށިގަނޑުގައި އަންނައުނެއް ނެތްކަން އެނގުނީ އެނދުން ތެދުވަން ބެޑްޝީޓު ހިއްލާލި ވަގުތުއެވެ. ތެދުވެ ބެޑްޝީޓު ގައިގައި އޮޅައިލިއެވެ. ރޭގައި ލައިގެން އުޅުނު އަންނައުނުތައް ފައިގެދަށް ފުށުގައި ޖެހުނީ އެވަގުތުއެއެވެ. ބެޑްޝީޓު އޮޅާލުމަށްފަހު ތެދުވެ ފާޚާނާއަށް ވަންނަން ދޮރު ހުޅުވާލި ވަގުތު ފަހަތުން މީހަކު އައިސް މެދުހަށީން އަތް އޮޅާލައި ބައްދާލިއެވެ. ދެޒުވާނުން އެކުއެކީގައި ހޭންފެށިއެވެ.

ހެދުނުގެ ނާސްތާއަށް އާޒިމް އާއި އިއްބެ ނުކުތީ އެހެން ދުވަސްތަކެކޭވެސް އެއްގޮތަށް އޮފީހަށެވެ. އިއްބެ މޫނުމަތިން ފެންނަ އުފާވެރިކަމަކީ އާޒިމް މީގެ ކުރިން ނުދެކޭ އުފާވެރިކަމެކެވެ. އޮފީސް އިންނަނީ ގެސްޓުހައުސްގެ މަތީބައިގައެވެ. އެހެންކަމުން ގޭގައި ތިބެގެން މަސައްކަތް ކޮށްލުމުގެ ހިތްހަމަޖެހުން ލިބެއެވެ. އާޒިމާއި އިއްބެ އަކީ އަބަދުވެސް އެއްކޮށް މަސައްކަތްކުރާ ދެމީހުންނެވެ. ބައްޕަގެ މަސައްކަތް އެހާ ހަލުވިކަމާއެކީގައި ފުޅާވެގެން ދަނީ އެދެކުދިންގެ ހިކުމަތްތެރިކަމުގެ ސަބަބުންނެވެ. މީގެ ފަސްއަހަރު ކުރިން އާޒިމް ހުރީ ބޭރުގައި ކިޔަވާށެވެ. އިއްބެ އޭރުވެސް މަސައްކަތްކުރަމުން ދިޔައީ އާޒިމްގެ ބައްޕަގެ ގާތުގައެވެ. އިއްބެއަކީ އާޒިމް ބައްޕަގެ، އެއްބަނޑު އެއްބަފާ ދައްތަގެ ދަރިފުޅެވެ. ނަމަވެސް ތިމާގެ ކަމަށްވުރެއް ބޮޑަށް ދެމީހުންގެ ތެރޭގައި އޮތްނަ އެކުވެރިކަން މާ ވަރުގަދައެވެ.

މެންދުރުގެ ހޫނުގަދަ ވަގުތެވެ. ނީނާ ގެއިން ނުކުތީ ފިހާރައަށް ދިޔުމަށެވެ. ކައްކާނެ އެއްޗެއް ގަނެލުމަށެވެ. އެއްޗެހި ހިފައިގެން އައިސް ގެއަށް ވަންނަން އައި މަގުމަތީ ފާތުންއާއި ދިމާވިއެވެ. އަދި ބުންޏެވެ. " ހިނގާ ދަތުރުދާން މާދަމާ! " ވަރަށް ދުވަސް ވެއްޖެއެއްނު ކައްކައިގެން ދަތުރު ނުދާތާ" ފާތުން މިހެން ބުނުމުން ނީނާވެސް ވަރަށް ދާހިތްވެއްޖެއެވެ. އަދި ދަތުރު ދިޔުމަށް އެއްބަސްވިއެވެ.  "ކޮން ބައެއްދަނީ" ގުރޫޕް މީހުނެއްނު، ދެން އިތުރަށްދާނީ، އިއްބެއާއި އާޒިމް..." ލަދުވެތި ގޮތަކަށް ފާތުން ބުނެލިއެވެ. " ހޫން..މީދޯ މި ނުވެގެން އުޅޭ ކަމަކީ...." މިހެން ބުނުމަށްފަހު ނީނާ ގެއަށް ވަނެވެ. އެދުވަހުގެ ހަތަރުދަމު ދިޔައީ ދަތުރު ރޭވުމުގައެވެ. 

ދުވަހަކީ މޫސުން ރީތި އާދައިގެ ވަރަކަށް ވައިޖެހޭ ހިތްގައިމު ދުވަހެކެވެ. އެދުވަހުގެ ހެނދުނު 6 ޖެހިއިރު ނީނާމެން ތިބީ ރަސްދޫ ކައިރީގައި އޮންނަ މަޑިވަރު ނަމަކަށް ކިޔާ ފަޅުރަށުގައެވެ.  މަޑިވަރަކީ ހިތްފަސޭހަ، ގުދުރަތީ އެތަށް ރީތިކަމެއް ލިބިފައިވާ ރަށެކެވެ. ރީތި ދޮންވެލިގަނޑު މަތީގައި އެކި ކުޅިވަރުތައް ކުޅުމުގައި، ސަކަރާތްޖަހަމުން އެމީހުން ގެންދިޔައެވެ. ހެނދުނުގެ ނާސްތާއަށްފަހު އިއްބެ އާއި ފާތުން ހިނގާލަން ދިޔައެވެ. މެންދުރު ކައްކަން ވާއިރަށް އަންނާނެ ކަމަށް ބުނަމުންނެވެ.  ލޯބީގެ އެކިއެކި ވާހަކަތަކާއި ދެމީހުންގެ ދިރިއުޅުމާއި ބެހޭ ވާހަކަތައް ދައްކަމުން ސަކަރާތްޖަހަމުން ދިޔައެވެ. ނީނާވެސް އެހެން ކުދިންނާއި އެކީގައި ކުޅެން އުޅުނެވެ. އާޒިމް އުޅުނީ ފިރިހެން ވެރިންނާއެކީގައި މަސްބާނާށެވެ. މެންދުރަށް ކައްކާ ވަގުތު ޖެހެނީއެވެ. އަދިވެސް ފާތުން އާއި އިއްބެ ނާދެއެވެ. " ކޮބާތަ އެ ފާތުން؟ އަދިވެސް ކައްކަން އަންނާކަށް ނޫޅޭތަ؟ އެތަނުން ރިޔާޝާ ބުނެލިއެވެ. " އާން މިހާރު އަންނަން ކަންނޭނގެ އުޅޭނީ ފޯނަކަށްވެސް ނުގުޅޭ" ޔައުލާ ބުނެލިއެވެ. "ފާތުން ނަޔަސް އަހަރެމެން ހިނގާ ކެއްކުމާއިގެން ފަށަން؟ ނީނާ ބުނެލިއެވެ. އެކަމު ދަރު ހޮވަން ޖެހޭނެއެއްނު. ކާކު އަހަންނާއެކީ ދަރު ހޮވަން ދާނީ؟ "އަހަރެން ދަންތަ"؟ ނީނާ މިހެން ބުނިވަގުތު ކައިރީގައި ހުރި ވިޝާހު ބުނުމުގެ ކުރިން އާޒިމް ބުނެލިއެވެ. " އޯކޭ ހިނގާ ދާން " ނީނާ ބުނެލިއެވެ. 
ވަލު ތެރޭގައި ހިނގަމުން ދެމީހުން ދިޔައއިރު ދެމީހުންގެ ދޭތެރޭގައިވީ ހަމަހިމޭން ކަމެވެ. އެއްވެސް މީހަކު އެއްވެސް އެއްޗެއް ނުބުނެއެވެ. އިރުކޮޅަކުން އާޒިމް ވާހަކަ ދައްކަން ފެށިއެވެ. " ނީނާމެން ވަރަށް ގިނައިން އަންނަންތަ މިރަށަށް"  " ވަރަށް ގިނައިންނެއް ނޫން..އެކަމު ކޮންމެސް ވަރަކަށް އަންނަން" ދަރުކޮޅެއް ފެނޭތޯ ބަލަމުން ނީނާ ވާހަކަ ދެއްކިއެވެ. " ކޯންޗެއް ތި ހޯދަނީ" ނީނާ މާވަރަކަށް ތަން ތަން ހޯދާތީ އާޒިމް ސުވާލު ކޮށްލިއެވެ.." އާޒިމް މިހެން އެހުމުން ނީނާއަށް ހެވުނެވެ. " ސާބަސް އާޒިމަށް ދަރު ހޮވާކަށް ނޫންތަ މިއައީ" އަދިވެސް ނީނާއަށް ހެވެނީއެވެ. "އާ ދޯ އަހަރެން ހަނދާން ނެތުނީ" އިސްތަށިގަނޑުގައި އަތްކާއްތާލުމަށްފަހު ހެވިފައި އާޒިމް ބުނެލިއެވެ. 
" ދަރުތައް އެއްކުރަމުން އާޒިމާއި ނީނާ ހިނގަމުން ދިޔައެވެ. ހިސާބަކަށް ދުރަށްވެސް އާދެވިއްޖެއެވެ. ނަމަވެސް ދަރު ހުސްނުވާވަރަށް އެއްކުރަން ނީނާ ބޭނުންވާތީ، ގިނަ ދަރު ހިފައިގެންދާން މަޑުކުރަނީއެވެ. އެތާ ކައިރީގައި ހުރި ރުކެއްގައި އިން ހިކި ފަންގަނޑަށް ނީނާ ދަމަންފެށިއެވެ. ނީނާ ބޭނުންވީ ފަންގަނޑު ދަމާ ވައްޓާލާށެވެ. ހިކި ފަންގަނޑުން އުނދުން ރޯކުރަން ފަސޭހަވާނެތީއެވެ. ރުކުގައި އިން ފަންގަނޑު ރުކުން ލުހެވިގެން ނެއްޓިގެން އައިސް ވެއްޓުނީ ނީނާ އާއި އާޒިމާވެސް އެކީގައެވެ. އޭރު އާޒިމް ހުރީ ނީނާގެ ފަހަތުގައި ކަމުން،ނީނާ ވެއްޓުނު އިރު އާޒިމްވެސް ވެއްޓުނީއެވެ. ނީނާ ވެއްޓުނީ އާޒިމްގެ ގައިމައްޗަށެވެ. އެވަގުތު ނީނާއަށް ވަރަށް ތަދުވެސް ވިއެވެ. އާޒިމްގެ މޫނުމަތީގައި އޮތް ނީނާގެ ބުރުގާ އާޒިމް އެއްފަރާތްކޮށްލިއެވެ. ނީނާ މަޑުމަޑުން ސޮރީއޭ ބުނެލިއެވެ. " މިހެން ބުނުމަށްފަހު މަޑުމަން ނީނާ ތެދުވަން މަސައްކަތްކުރިއެވެ. ވެއްޓި ޖެހުނު ގޮތަކުން ނީނާގެ އުނަގަނޑަށް އަރާފައިހުރި ތަދެއްގެ ސަބަބުން ތެދުވަން އުނދަގޫވިއެވެ. އާޒިމްގެ ހާލަކީވެސް މިއެވެ. ވަރަށް އުނދަގުލުން ނީނާ ތެދުއްވެއްޖެއެވެ. އަދި ދަރުތަކާއި ފަންގަނޑު ހިފައިގެން ދާން މަސައްކަތް ކުރިއެވެ. ނީނާއަށް ހިނގެނީ ވަރަށް އުނދަގުލުންނެވެ. އާޒިމްގެ އެދުމުގެ މަތީން ހުރިހާ ދަރުތަކެއް އާޒިމްއަށް ދިނެވެ. އަދި ނީނާ ދިޔައީ ފަންގަނޑު ހިފައިގެންނެވެ. ދަރުތައް ހިފައިގެން އައިއިރު ކެއްކުމުގެ ހުރިހާ ސާމާނެއް ހުރީ ތައްޔާރުކޮށްފައެވެ. ފިރިހެން ކުދިންތައް އުނދުން ރޯކުރަން އެހީވެދިނުމަށްފަހު މަސްފިހުމުގެ މަސައްކަތްފެށިއެވެ. ނީނާ އާއި ފާތުން އަދި އެހެން ހުރިހާ އަންހެން ކުދިން ކެއްކުމުގެ މަސައްކަތުގައި އުޅުނެވެ. ކައްކަން އުޅޭގޮތުން ނީނާ އަށް ހުރީ ވަރަށް ތަދުވެފައިކަން އާޒިމްއަށް އެނގެއެވެ. އެހެންކަމުން އާޒިމްއަށް ނީނާއާއި ދިމާލަށް ވަރަށް ބެލެއެވެ. ނީނާވެސް ދޭތެރެއަކުން އާޒިމާއި ދިމާލަށް ބަލަމުން ދެއެވެ.

އާޒިމްގެ ހިތުތެރޭގައި ނީނާއާއި މެދު ލޯބި އޮތްކަން އިޙުސާސްވާން ފެށީ ރަށުގައި ހުރިއިރުއެވެ. ނީނާގެ މަޑުމައިތިރިކަމުގެ ސިފަ އާޒިމަށް ވަރަށް ކަމުދެއެވެ.  ނީނާ ފެންނަކޮންމެ ފަހަރަކު އާޒިމްގެ ހިތަށް ހިތްހަމަޖެހުން ލިބެއެވެ. ނީނާއާއި ވާހަކަ ދައްކާ ހިތްވެއެވެ. އެކީގައި ވަގުތު ހޭދަކުރާ ހިތްވެއެވެ. ނީނާއާއި އެކީގައި ދަރުހޮވަން ދާން ބޭނުންވީވެސް އެހެންވެއެވެ. " އާޒިމް، އާޒިމް،" އިއްބެ ދެތިން ފަހަރަކު ގޮވާލިއިރުވެސް އާޒިމްއަށް އަޑެއް ނީވެއެވެ. އާޒިމް އިނީ ގެއްލިފައެވެ. އިއްބެ އަނެއްކާވެސް އާޒިމަށް ގޮވާލިއެވެ. " އާޒިމޫ" މިފަހަރު ގޮވާލީ ތަންކޮޅެއް ބާރަށެވެ.. " އޭން ކީކޭ" ސިއްސައިގެން ގޮސް އާޒިމަށް އަހާލެވުނެވެ. "ކިހިނެއްވެފެތަ ތިއިނީ؟ " އާޒިމަށް ހެވުނެވެ." މި މަންޒަރުފެނި  ނީނާއަށްވެސް ހެވުނެވެ.

ހެނދުނުގެ ނާސްތާގައި ހިމެނޭ ހުރިހާ ސާމާނެއް އެދުމަތީގައި ހުރި ތަބަކުގެ ތެރޭގައި އަތުރާލެވިފައިވެއެވެ. މައިޝާ، ދެފައި ވައްކޮށްލައިގެން އެނދުމަތީގައި އިނީ ކޮފީ އެއްބޯށެވެ. އަނެއް އަތުގައި އޮތީ ސިނގެރޭޓެކެވެ. ކޮފީ ތަށިން އެތިކޮޅެއް ބޮއިލުމަށްފަހު ސިނގެރޭޓު ދަމާލައެވެ. ދަމާލުމަށްފަހު ޒާހިރަށް ބަލާލައެވެ.. ޒާހިރުވެސް ހުރީ ދޮރުކައިރީގައި ސިނގެރޭޓް ބޯށެވެ. އެހެންނަމަވެސް ފުން ވިސްނުމެއްހެ ތެރޭގައެވެ. " ކިހިނެއްވެފަ ތިހުރީ، ކޮންކަމަކާ ތި ވިސްނަނީ" ވަރުބަލި ރާގަކަށް މައިޝާ އަހާލިއެވެ.  ސިނގެރޭޓް ފިލްޓަރުބުރި އަޅިކެނޑިތެރެއަށް ލުމަށްފަހު ފަހު ފުން ނޭވާއެއް ލިއެވެ. އަދި އައިސް މައިޝާ ކައިރީގައި އިށިންދެލިއެވެ. " ކަމަކާ ނޫން" ހީލާފައި ޒާހިރު ބުނެލިއެވެ. 

މައިޝާއަކީ ޒާހިރުގެ ލޯބިވެރިޔާއެވެ. މައިޝާއާއި ޒާހިރު ރައްޓެވީ  މައިޝާ ބޭނުންވެގެންނެވެ. ޒާހިރުއާއި މައިޝާ ދިމާވީ މީގެ 5 އަހަރު ކުރިންނެވެ. މައިޝާގެ ބައްޕައާއި ޒާހިރުއަކީ ވަރަށް ގާތް ދެމީހުންނެވެ. މައިޝާގެ ބައްޕަގެ އޮފީހަށާއި ގެއަށް އައިސް އުޅުމުގެ ތެރޭގައި ޒާހިރުއާއި މައިޝާގެ އެކުވެރިކަން އުފެދި އެގުޅުމަށް ލޯބި ކިޔަންފެށީ މައިޝާއެވެ. ނަމަވެސް މައިޝާއާއި ޒާހިރުއާ ދެމެދުގައި އޮންނަ ގުޅުން ނީނާއަކަށް ނޭންގެއެވެ. އެކަމަކު ޒާހިރު ނީނާއާއި ކައިވެނި ކުރަން ބޭނުންވެއެވެ.

(ނުނިމޭ)


(މިވާހަކައަކީ ހަފްތާއަކު އެޕިސޯޑެއް ނެރޭގޮތަށް ޝާއިޢު ކުރެވޭ ވާހަކައެކެވެ.)

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ