މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ދަނޑުވެރިންނަށް ތަކެތި ފޯރުކޮށްދެނީ - ފައިނު އޮންލައިން ފޮޓޯ: އިސްމާޢީލް ޝަފީޢު

ފައިނު ކައުންސިލަށް ދަނޑުވެރިން ދައްކަންޖެހޭ ފައިސާއިން ލުޔެއް ދިނުމަށް ހިޔާލުހޯދަނީ

ދަނޑުވެރިކަން ކުރުމަށް މިއަހަރު ދަނޑުވެރިންނަށް ކައުންސިލުން ގެނެސްދިން ގަސްކާނާއާއި ބޭހަށް ދަނޑުވެރިން ދައްކަންޖެހޭ ފައިސާއިން ލުޔެއް ދިނުމާއިމެދު ފައިނު ރައްޔިތުންގެ ޙިޔާލު ހޯދަން ފަށައިފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ދިމާވެފައިވާ އިޤްތިޞާދީ ދަތި ހާލަތަށް ބަލައި، މިދަނޑިވަޅުގައި ދަނޑުވެރިން ކައުންސިލަށް ދައްކަންޖެހޭ ފައިސާއިން ލުޔެއް ދިނުމަށް ފެނޭތޯ ބެލުމަށް އެކަމަށްޓަކައި ގޫގުލް ފޯމެއްވަނީ ޚާއްޞަކޮަށްފައެވެ. 

ފާއިތުވި 3 އަހަރެކޭވެސް އެއްފަދައިން މިއަހަރުވެސް ފައިނު ކައުންސިލުން ވަނީ ދަނޑުވެރިކަންނަށް ބޭނުންވާ ގަސްކާނާއާއި ބޭސް ގަނޑުކޮށް ގެނެސް ފޯރުކޮށްދީފައެވެ. 

ފައިނު ކައުންސިލުން އާންމުކޮަށްފައިވާ މަޢުލޫމާތަށް ބަލާއިރު، ގާތްގަނޑަކަށް -/180000 ރުފިޔާވަރު މިކަމަށް ކައުންސިލްގެ އާމްދަނީން ވަނީ ޚަރަދު ކޮށްފައެވެ.  އަދި ދަނޑުވެރިން އެދުނު ތަކެތީގެ އަގަށް ބަލާއިރު ކޮންމެ ދަނޑުވެރިޔަކުވެސް ގާތްގަނޑަކަށް -/2500، -/2000 އަދި -/1800 ރުފިޔާވަރު ކައުންސިލަށް ދައްކަން ޖެހޭކަމަށްވެސް އާންމުކޮށްފައިވާ މަޢުލޫމާތުގައި ވެއެވެ. 

ފޯމް މެދުވެރިކޮށް ހިޔާލު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، 22 މެއި 2020 ގެ 13:00 ގެ ނިޔަލަށެވެ. 

ފައިނުން މިއަހަރު ޖުމުލަ 87 ދަނޑުބިމެއް ދޫކޮށްފައިވާއިރު ގަނޑުކޮށް ކައުންސިލުން ގަސްކާނާއާއި ބޭސް ގެނެސްދިނުމަކީ ދަނޑުވެރިން ވަރަށް ބޮޑަށް ބަލައިގަނެފައިވާ ޚިދުމަތެއްކަން ފާހަގަކޮަށްލަންޖެހެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ