މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހުޅުދުއްފާރު ކައުންސިލްގެ ރައީސް އިސްތިއުފާ ދެއްވައިފި

ރ. ހުޅުދުއްފާރު ކައުންސިލްގެ ރައީސް މުޙައްމަދު އިބްރާހީމް މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ. 

އިސްތިޢުފާ ދެއްވިކަން ހާމަކުރައްވާ މުޙައްމަދު އިބްރާހީމް ވިދާޅުވެފައިވަނީ، ހުޅުދުއްފާރުގެ އިސް ވެރިޔެއްގެ ގޮތުގައި ރަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބުނީތީ ﷲ އަށް ޝުކުރު އަދާކުރާ ކަމަށާއި، އަދި މިފުރުޞަތު ތަނަވަސްކޮށްދިނުމަށް މަސައްކަތް ކޮށްދިން އެންމެހާ ފަރާތްތަކަށް ޚާއްޞަކޮށް އެމްޑީޕީގެ މެންބަރުންނަށް ޝުކުރު ޢަދާ ކުރާ ކަމަށެވެ.

މިހިނގާ ކައުންސިލްތަކުގެ ދަޢުރު މިމަހުގެ 3 ވަނަ ދުވަހަށް ހަމަވީނަމަވެސް، އިންތިޚާބު ބޭއްވެންދެން ކައުުންސިލަރުން މަޤާމު ތަކުގައި ތިބެވޭގޮތަށް ޤާނޫނު އަސާސީ ވަނީ އިސްލާޙް ކޮށްފައެވެ. 

ނަމަވެސް، ކައުންސިލްގެ ދަޢުރު ހަމަވުމުން އެމަޤާމްގައި ހުންނަން ބޭނުން ނުވާކަމަށް މީގެ ކުރިން މުޙައްމަދު އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

"އިންތިޚާބުވީ މުއްދަތު މާދަމާ ހަމަވުމުން ރައްޔިތުންގެ ވޯޓާނުލާ އިތުރަށް އެންމެ ދުވަހަކުވެސް ނުހުންނާނެ ކަމަށް ބުނެ މުހައްމަދު އިބްރާހީމް މިހާރު އިސްތިޢުފާގެ ސިޓީ ފޮނުވާފައިވާއިރު، އަޅުގަނޑުގެ ހިތުން މާދަމާއިން ފެށިގެން ހުޅުދުއްފާރަށް އެހުއްޓެނީ ވަރަށް ވަރަށް ޚިދުމަތްތެރި އިޚްލާޞްތެރި ހިންގުންތެރިއެއްގެ ޚިދުމަތެވެ" އިސްތިޢުފާ ދެއްވުމާއި ގުޅިގެން އެދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ފޭސްބޫކްގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން

67%
އުފާވި
33%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ