މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަނެޓް

ފައިނު ކައުންސިލުން ސިލްސިލާ ދަރުސް ޕްރޮގްރާމެއް ފަށަނީ

ފައިނު ކައުންސިލުން ސިލްސިލާ ދަރުސް ޕްރޮގްރާމެއް ކުރިޔަށް ގެންދަން ނިންމައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ކުރިޔަށް ގެންދާ ފުރަތަމަ ދަރުސް މާދަމާ ރޭ ފައިނު ކައުންސިލް އިދާރާއާއި ދިމާ ބަނދަރުމަތީ އޮންނާނެއެވެ. މާދަމާރޭ ބާއްވާ ދަރުސްގެ މައުޟޫއަކީ "އިސްލާމީ ވަޙުދަތުގެ މާތްކަމާއި މުހިންމުކަން" އެވެ. މިޕްރޮގްރާމްގައި ދަރުސްތައް ދެއްވާނީ، މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އާދަމް ޝަމީމްއެވެ.
މާދަމާ ރޭ ބާއްވާ ދަރުސްގެ އިސްތިހާރެއް
މި ޕްރޮގްރާމާއި ގުޅޭގޮތުން، ފައިނު ކައުންސިލްގެ ރައީސް އިބްރާހީމް ނާޞިރު ވިދާޅުވީ، މި ޕްރޮގްރާމްގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި ދީނީ ކަންކަމުގެ މަޢުލޫމާތު ލިބިފައިވާ ހޭލުންތެރި ރައްޔިތުންތަކެއް އުފެއްދުން ކަމަށެވެ. އަދި މިޕްރޮގްރާމްގެ ތެރެއިން ކޮންމެ މަހަކު 1 ފަހަރު، މުހިންމު މައުޟޫއަކަށް ދަރުސް ކުރިޔަށް ދާނެ ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިޔަށް ދާނީ، އެޗް.ޕީ.އޭގެ އިރުޝާދުތަކާއި އެއްގޮތަށް ގައިދުރުކަން ބަހައްޓައިގެންކަމަށްވެސް އިބްރާހީމް ނާޞިރު ވިދާޅުވިއެވެ  

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ