މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
2017 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި 2 ޓީމް

ސީ. ވައި. އެސް ފުޓްސަލް ޗެލެންޖް ޑިސެމްބަރު މަހު ފަށަނީ

ރ. ފައިނު ކުލަބް ޔަންގް ސްޓަރސް ފުޓްސަލް ޗެލެންޖް މި އަހަރުގެ ޑިސެމްބަރ މަހު ކުރިޔަށް ގެންދަން ނިންމައިފިއެވެ.

ކުލަބް ޔަންގް ސްޓަރސްގެ ރައީސް ޢަބްދުއް ސަލާމް އިބްރާހީމް ވިދާޅުވީ، މިއަހަރުގެ މި މުބާރާތަކީ ރަށުގައި ބޭއްވޭ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށާއި މިމުބާރާތުގެ ސަބަބުން މޮޅަށް ފުޓްސަލް ކުޅޭ ޒުވާނުންތަކެއް އުފެދި ގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. 
2017 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލް މެޗްގެ ތެރެއިން
ކުލަބް ޔަންގް ސްޓަރސް ފުޓްސަލް ޗެލެންޖް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2014 ވަނަ އަހަރެވެ. އެއީ، މުޅިން އަލަށް ފައިނުގައި ފުޓްސަލް މުބާރާތެއް ބޭއްވި ފަހަރެވެ. އޭގެ ފަހުން އެކި އަހަރުތަކުގައި ކުލަބް ޔަންގް ސްޓަރސްގެ ފަރާތުން  ކާމިޔާބު މުބާރާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ. 
ސީ.ވައި.އެސް ފުޓްސަލް މުބާރާތުގެ ތެރެއިން
މިފަހަރުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، 10 ނޮވެމްބަރ 2020 ގެ 23:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް 9100652 ނުވަތަ 7221566 އަށް ގުޅާލުމުން ލިބޭނެއެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ، 17 ޑިސެމްބަރުގައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ