މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އަޙުމަދު އިނާޙް

ބިޒްނަސް ޓީޗަރެއް ހޯދުމަށް ފައިނު ސްކޫލުން އިޢުލާން ކޮށްފި

ބިޒްނަސް ސްޓަޑީޒް ޓީޗަރެއް ހޯދުމަށް ފައިނު ސްކޫލުން އިޢުލާން ކޮށްފިއެވެ.

ފައިނު ސްކޫލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ދާއިމީ މި މަޤާމުގެ މުސާރަ އަކީ، -/7070 ރުފިޔާއާއި -/10640 ރުފިޔާއާއި ދެމެދުކަމަށެވެ. މަޤާމްގެ ޝަރުތުތަކާއި، ލިބޭ އިނާޔަތްތަކުގެ ތަފްޞީލް މަޢުލޫމާތު އިޢުލާނުގައި ހިމަނާފައިވެއެވެ. 

ވަޒީފާއަށް އެދޭ ފޯމު ރ. ފައިނު ސްކޫލްގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ. މީގެ އިތުރުން މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، ފައިނު ސްކޫލަށް ހުށަހަޅަން ޖެހެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ