މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ރ. މަޑުއްވަރީ ސްކޫލް ފޭސްބޫކް ޕޭޖް

ރ. މަޑުއްވަރީ ސްކޫލްގައި ބިދޭސީ ޓީޗަރުން ތިބި 13 މަޤާމަކަށް ދިވެހީން ހޯދަނީ

ރ. މަޑުއްވަރީ ސްކޫލްގައި ބިދޭސީ ޓީޗަރުން މަސައްކަތްކުރަމުންދާ ގިނަ މަޤާމްތަކަކަށް ދިވެހިން ހޯދަން އިޢުލާން ކޮށްފިއެވެ.

އެ ސްކޫލުން މިއަދު ކޮށްފައިވާ އިޢުލާނެއްގައި ވާގޮތުން ޖުމުލަ 13 މަޤާމަކަށް ދިވެހިން ހޯދަން ވަނީ ޢިއުލާން ކޮށްފައެވެ. ދިވެހި ޓީޗަރުން ބޭނުންވާ މަޤާމްތަކަކީ، އިނގިރޭސި 3، ހިސާބު 2، ހޮސްޕިޓޭލިޓީ 2، އިކޮނޮމިކްސް 1، ކޮމްޕިއުޓަރސްޓަޑީސް 1، އާރޓް 1، ކެމިސްޓްރީ 1، ބަޔޮލޮޖީ 1 އަދި ބިޒްނަސް ސްޓަޑީޒްއަށް 1 ޓީޗަރެވެ. 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަން ޖެހެނީ، 24 ޖަނަވަރީ 2021 ގެ 14:00ގެ ކުރިން، މަޑުއްވަރީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭގޮތަށް ހަމަޖައްސާފައިވާއިރު، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށްވެސް އިޢުލާނުގައި ބުނެފައިވެއެވެ. 

މިލިޔުން ކިޔާލުމުން

100%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ