މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިބްރާހީމް ފަހީމް

މަސްޖިދުލް ފަލާޙް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަނީ

ފައިނު ހުކުރު މިސްކިތް މަސްޖިދުލް ފަލާޙް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.

ފައިނު ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މަރާމާތުތައް ކޮށްދިނުމަށް އެދޭ ފަރާތްތަކަށް މިކަމާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ، 07 ފެބްރުއަރީ 2021 ވާ އާދިއްތަ ދުވަހުގެ  މެންދުރު 11:00 ގައެވެ. އަދި އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ 11 ފެބްރުއަރީ 2021 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 11:00 ގައެވެ.

އިޢުލާނުގައި ވާގޮތުން، މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ދާކަމުގައިވާ ނަމަ ބަދަލުގައި ދާކަން އެނގޭނެފަދަ ލިޔުމެއް ގެންދަންޖެހެއެވެ.  މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ