މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފައިނު އޮންލައިން ފޮޓޯ: އިސްމާޢީލް ޝަފީޢު

އިސްރާއީލްގެ އަމަލުތައް ކުށްވެރިކޮށް ފައިނު ކައުންސިލުން ބަޔާނެއް ނެރެފި

ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އިސްރާއީލުން ދެމުންސާ ލާއިންސާނީ އަމަލުތައް ކޮށްވެރިކޮށް، ފައިނު ކައުންސިލުން ނޫސްބަޔާނެއް ނެރެފިއެވެ.

ފައިނު ކައުންސިލްގެ ބަޔާނުގައި ވަނީ، އިސްރާއީލުން ފަލަސްތީނުގެ ކުށެއްނެތް މުސްލިމުންނާއި ދެކޮޅަށް ދެމުންދާ ލާއިންސާނީ ހަމަލާތައް، މިކައުންސިލާއި ފައިނުގެ ރައްޔިތުންގެ ނަމުގައި އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. 

އަދި ހަމަހަމަކަމާއި އިންސާފަށް ވަކާލާތުކުރާ މިފަދަ ޒަމާނެއްގައި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އަނިޔާވެރި ހަމަލާތަކެއްދީ، އެތައް ބަޔަކު ޝަހީދުކޮށް އަދި ގެދޮރު ސުންނާފަތިކޮށް އެފަރާތްތަކުގެ އިންސާނީ ހައްޤުތައް ނިގުޅައިގަތުމަކީ، އެއްވެސް ހަމައަކުން އެއްވެސް ބަޔަކަށް އެކަން ދިފާޢު ކުރެވޭނެކަމެއް ނޫން ކަމަށްވެސް ބަޔާނުގައި ވެއެވެ. 

މީގެ އިތުރުންވެސް ފަލަސްތީނުގެ މުސްލިމުންނާއި ދެކޮޅަށް ފަށާފައިވާ އުދުވުން ވަގުތުން ހުއްޓާލާ، މިނިވަން އަމާން ވެއްޓެއްގައި ދިރިއުޅުމުގެ ފުރުޞަތު ހޯދައި ދިނުމަށް ބައިނަލްއަޤްވާމީ ދުނިޔޭގައި ވަކާލާތުކޮށް، ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވުމަށް ދިވެހި ސަރުކާރަށް ފައިނު ކައުންސިލްގެ ބަޔާނުގައި ވެއެވެ. 

ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚުތުންނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ޝަހީދު ވެފައެވެ. މީގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ