މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ހުޅުދުއްފާރުން ޕޮޒިޓިވްވި މީހަކަށް އޭދަފުށީގައި ފަރުވާދެނިކޮށް ނިޔާވެއްޖެ

ހުޅުދުއްފާރުން ކޮވިޑް19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ މީހަކަށް އޭދަފުށީ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.

ހުޅުދުއްފާރު ޞިއްޙީ މަރުކަޒުން ބުނީ، އުމުރުން 70 އަހަރުގެ މި މީހާއަކީ ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީން ކޮށްފައި ހުއްޓާ ހަމުގެ ބައްޔަކަށް ފަރުވާ ކުރުމަށް އެ މަރުކަޒަށް ގެންދިޔަފަހުން ޕޮޒިޓިވް ވެފައިވާކަން އެނގުނު ފަރާތެކެވެ. އަދި، އިތުރު ފަރުވާއަށް އޭދަފުށީ މެޑިކަލް ފެސިލިޓީއަށް ގެންދިޔައީ މިދިޔަ މަހު 24 ގައެވެ. 

މިއީ، ރ. އަތޮޅުގެ ރަށަކުން ޕޮޒިޓިވްވި މީހަކު މި ބަލީގައި ނިޔާވި ފުރަތަމަ ފަހަރެވެ.

އަތޮޅުގެ 5 ރަށެއް މިހާރު ވެސް އޮތީ މޮނިޓަރިން ޙާލަތުގައެވެ. އަދި މިވަގުތު އެންމެ ގިނައިން މިބަލި ފެތުރިފާވަނީ އަލިފުށީގައެވެ. އަލިފުށީގައި ޖުމުލަ 37 މީހަކަށް ބަލިޖެހިފައި އެބަތިއްބެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ