މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ޢަބްދުﷲ ޢަލީ

އެކްސިޑެންޓުގައި އަނިޔާވި މީހާ، އިތުރު ފަރުވާއަށް މާލެ ގެންދަނީ

އުނގޫފާރުގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހަކަށް އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ބޮލުގެ ނާށިގަނޑަށް ވަނީ ސީރިއަސް އަނިޔާތަކެއް ވެފައެވެ.

މި އެކްސިޑެންޓުގައި 2 މީހަކަށް އަނިޔާވެފައިވާއިރު އެކްސިޑެންޓު ހިނގީ އުނގޫފާރު ޕޮލިސް ސްޓޭޝަން ހުންނަ މަގުގައެވެ. އެކްސިޑެންޓު ވެފައިވަނީ ދުއްވާފައި ދިޔަ 2 ސައިކަލެކެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުނގޫފާރުގައި ހިނގި މި ހާދިސާ މައުލޫމާތު މިއަދު 14:30 އެހާކަށްހާއިރު ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 39 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. 

އަދި އެ ދެމީހުންގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި، އަނެއް މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ފުލުހުން ވިދާޅުވީ މި ހާދިސާއާއި ގުޅިގެން ބަލަމުން ދާ ކަންކަން ބަލަމުން ގެންދާކަމަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ