މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބުކް

އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް މަޑުއްވަރީގައި ހަރަކާތްތަކެއް

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ރ. މަޑުއްވަރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެރަށު ކައުންސިލާއި ގުޅިގެން ހަރަކާތްތަކެއް ކުރިޔަށް އެބަ ގެންދެއެވެ.

3 ދުވަހުގެ މުއްދަތަށް ރާވާލާފައިވާ މި ހަރަކާތްތަކުގެ ތެރެއިން މިއަދުވަނީ، ކަނބަލުންގެ މަސްރޭހެއް ކުރިޔަށް ގެންގޮސްފައެވެ. 

މަޑުއްވަރީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން މައުލޫމާތު ދިން ގޮތުގައި، މި މަސްރޭހުގައި ޖުމުލަ 10 ޓީމް ބައިވެރިވެފައިވާއިރު ކޮންމެ ޓީމެއްގައި 5 އާއި 7 އާއި ދެމެދުގެ އަދަދަކަށް ކަނބަލުން ބައިވެރިވެފައިވެއެވެ. 

މި މަސްރޭހުގައި ޖުމުލަ 251.96 ކިލޯ މަސް ބާނާފައިވެއެވެ. 

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން މާދަމާ އެކިއެކި ރޭސްތައް ހިމެނޭ ހަރަކާތެއް 18 އަހަރުން މަތީގެ ޒުވާނުންނަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މިމަހު 7 ވަނަ ދުވަހު 55 އަހަރުން މަތީގެ ކަނބަލުންނަށް ހާއްސަކޮށްގެން ވެސް ހަރަކާތްތަކެއް ކުރިޔަށް ގެންދަން ވަނީ ރާވާފައެވެ. 

މި ހަރަކާތްތަކުގެ ތެރޭގައި، ފަންގިވިނުން، ރޯނުވެށުން، ބޮނބި ތެޅުން، ރައިވަރުން ޒުވާބު ދިނުންފަދަ ތަފާތު ހަރަކާތްތައް ހިމެނެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ