މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

ރ. ޓޫރިޒަމް އެކްސްޕޯ: އަތްތެރި މައުރަޒު ހޮނިހިރު ދުވަހު އަނގޮޅިތީމުގައި

ރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފާހަގަ ކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ ރ. ޓޫރިޒަމް އެކްސްޕޯގެ ސިލްސިލާގެ ދަށުން ބާއްވާ އަތްތެރި މަސައްކަތުގެ މައުރަޒު މި މަހުގެ 10 ވަނަ ދުވަހު ރ. އަނގޮޅިތީމުގައި ބޭއްވުމަށް ތައްޔާރު ވެއްޖެއެވެ.

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ރ. އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން ނާސިފް ވިދާޅުވީ، މަސައްކަތްތެރިންގެ ހުށައެޅުންތަކަށް ފަނޑިޔާރުން ޖަޖް ކުރުމަށްފަހު ވަނަ ދޭ އުސޫލުން ކުރިއަށް ގެންދާ މި މައުރަޒަށް އަނގޮޅިތީމު ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. 

އޭނާ ވިދާޅުވީ، ހަރަކާތްތައް ކުރިއަށް ގެންދިއުމުގެ މަޤުސަދަކީ ސްކޫލްތައް ނިންމާ މަސައްކަތުގެ މާހައުލަށް ނިކުންނަ ޒުވާނުން ފަތުރުވެރިކަމުގެ ސިނާއަތަށް އަހުލުވެރިކުރުވުމާއި އަތޮޅު ތެރޭގެ ރިޒޯޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދިނުންކަމަށެވެ. 

ރ. ޓޫރިޒަމް އެކްސްޕޯގެ ތެރެއިން މިހާތަނަށްވަނީ ބޮޑު ދެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރ. މީދޫގައި ކުރިއަށް ގެންދިޔަ ކަލިނަރީ އާޓްސް އެގްޒިބިޝަންއާއި ރ. ހުޅުދުއްފާރުގައި ކުރިއަށްދިޔަ ވޯޓާރ ސްޕޯޓްސް ހަރަކާތްތަކަށްވަނީ ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައެވެ. 

ރ. ޓޫރިޒަމް އެކްސްޕޯ ނިންމާލުމަށް ހަމަޖައްސާފައިވަނީ އޮކްޓޯބަރު މަހުގެ8 ވަނަ ދުވަހުގެ ރޭ ދުވާފަރުގައި ބޭއްވުމަށް ހަމަ ޖައްސާފައިވާ ގާލާ ނައިޓަކުންނެވެ. މި އިވެންޓުގައި އެކި ދާއިރާތަކުން އަތޮޅަށް ހިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް އެވޯޑު ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ