މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބުކް

އަނަސް މަރާލުމުގައި ބައިވެރިވި މީހަކު 18 އަހަރަށް ޖަލަށް

ލިޓަސް ސަރވިސް ސެންޓަރުތެރޭ 2017 ވަނަ އަހަރުތެރޭ މަރާލި ރ. މީދޫއަށް ނިސްބަތްވާ އަނަސް މަރާލުމުގައި ޝާމިލްވި މީހަކު 18 އަހަރާއި 9 މަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

އެ މައްސަލައިގައި ދައުލަތުން އޭނާއަށް ދައުވާކުރިއިރު އުމުރުން 18 އަހަރު ނުވާތީ އޭނާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. 

އޭނާއަށް ކުރާ ދައުވާގައި ހައިކޯޓުން މި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން މިއަދު ނިންމީ، އޭނާ 18 އަހަރާއި 9 މަހަށް ޖަލަށްލުމަށް ހުކުމް ކުރާކަމަށެވެ. 

އޭނާ ޖަލަށްލާން ހުކުމް ކުރިއިރު ދަށުކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށެވެ. ނަމަވެސް، މިދިޔަ ހަފްތާގައި ހައިކޯޓުން ނިންމީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އޭނާއަށް އަދަބު ކަނޑައެޅީ މިއަދުއެވެ. 

އަނަސް މަރާލި މައްސަލާގައި މިއަދު އަދަބު ކަނޑައެޅި މީހަކީ އެގަތުލު ހިންގިއިރު އެތަނުގައި އެމީހުނާއެކު އުޅުނު މީހެކެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ