މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ފައިނަލް މެޗުގެ ހަމަނުޖެހުން: 18 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންދިޔަ

ރ. އަތޮޅު ފުޓްސަލް ޗެލެންޖުގެ ފައިނަލް މެޗުގައި ސަޕޯޓަރުންގެ މެދުގައި ހިނގި ހަމަނުޖެހުމުގައި މިހާތަނަށް 18 މީހަކަށް އަނިޔާވެގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕީއާރު އޮފިޝަލް ވިދާޅުވީ، އަނިޔާވެގެން ގެނައި 18 މީހުންގެ ތެރެއިން 16 މީހަކަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. 

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ވަނީ ހަމަލާތަކެއް ބަދަލުކުރަން ފަށާފައެވެ. އެގޮތުން ފެންފުޅިފަދަ ތަކެތި އެއްކޮޅުން އަނެއްކޮޅަށް އުކާފައިވެއެވެ. 

މި ހަމަނުޖެހުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވިއެވެ. އަދި ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވެސް އެ ސަރަހައްދުގައި ސަޕޯޓަރުން ފިނިކުރުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ. 

ފައިނަލް މެޗު ނިމުނުފަހުންވެސް ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި ދޭތެރެ ދޭތެރެއިން ހަމަނުޖެހުން ހިންގައެވެ. 

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ މެދުގައި ހިނގި މި ހަމަނުޖެހުން ފެށުނުގޮތެއް ސީދާ ސާފެއް ނޫނެވެ. ދޭތެރެއަކުން ދެޓީމުގެ ސަޕޯޓަރުންވެސް ރުޅިގަދަވެ ހަމަނުޖެހުމުގެ ތެރެއަށް ވަދެގެން ދިޔަތަން ފެނުނެވެ. 

މިލިޔުން ކިޔާލުމުން

10%
އުފާވި
40%
ދެރަވި
40%
ހިނިއައި
10%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ