މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އިންޓަރނެޓް

"ދަ ސާރކްލް" ގެ ނަމުގައި އުގެއިލް ފައުންޑޭޝަނުން ޕްރޮގްރާމެއް ފަށަނީ

ހަމަހަކަމާއިއެކު ޒަމާނީ ތަރައްޤީގެ ހަރުފަތްތަކަކަށް ފަރުދުން ވާސިލް ކޮށްދިނުމުގެ މަޤްޞަދުގައި އެކިއެކި ހަރަކާތްތައް ހިންގުމަށް ޕްރޮފެސަރ އުގެއިލް އުފައްދަވާފައިވާ އުގެއިލް ފައުންޑޭޝަންގެ ފަރާތުން "ދަ ސާރކްލް" ގެ ނަމުގައި ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

އުގެއިލް ފައުންޑޭޝަނުން އާންމުކޮށްފައިވާ ގޮތުގައި، މިޕްރޮގްރާމްގެ ބޭނުމަކީ ދަރިންނަށް ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބު) ގެ އޮނިގަނޑަށް ބިނާކޮށް މިދާއިރާތަކުން އެކުދިންނަށް ކޮންމެހެންވެސް ބޭނުންތެރި ޚުނަރުތައް ދަސްކޮށްދިނުމެވެ. މިޕްރޮގްރާމްގައި ހިމެނެނީ، ކޯޑިން، އޮބޮޓިކްސް، އިލެކްޓްރޯނިކްސް، އިނގިރޭސި ބަސް، މުޢާމަލާތް ކުރުން އަދި ކަންކަން ޙައްލު ކުރަން ދަސްކޮށްދިނުމެވެ. 

މިޕްރޮގްރާމްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ހަފްތާ ބަންދުގައެވެ. މިޕްރޮގްރާމްގެ ތެރެއިން ޒަމާނީ ކޮމްޕިއުޓަރ ކޯޑްކުރަން ދަސްކޮށްދެވޭނެއެވެ. މިޕްރޮގްރާމްގައި އިނގިރޭސިބަސް އަދި ބަސްމޮށުންތެރިކަން ކިޔަވައިދޭނީ އިނގިރޭސިވިލާތުގެ ޓީޗަރުންގެ އެހީގައެވެ. 

1 އަހަރުގެ މުއްދަތަށް ކުރިޔަށް ގެންދާ މިޕްރޮގްރާމްގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރާއި 14 އަހަރާއި ދެމެދުގެ އުމުރުފުރާގެ ދަރިވަރުންނަށްކަމަށް އެފަރާތުން މައުލޫމާތު ދެއްވައެވެ. thecircle.ugail.org އިން މިޕްރޮގްރާމްގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

1 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހަމީދު 4 years ago

މިފަދަ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ލިބޭތީ ވަރަށް ސަޅި

ރައްދު

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ