މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41

ބޮއިއަޅަން މޫދަށް ފޭބި އިނގުރައިދޫ ޒުވާނަކު ނިޔާވެއްޖެ

އދ. މާފުށިވަރު ރިސޯޓް ކައިރިއަށް މޫދަށް ފައިބައިގެން އުޅުނު ރ. އިނގުރައިދޫ ޒުވާނަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޢުމުރުން 18 އަހަރުގެ ރ. އިނގުރައިދޫ، މާހާ، ނިޝާހް ޢަބްދުލް ޣަފޫރެވެ.

ފުލުހުން ބުނީ، އދ. އަތޮޅު މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއިއަޅަން މޫދަށް ފައިބައިގެން އުޅުނު 18 އަހަރުގެ ފިރިހެނަކު ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދާކަމުގެ މަޢުލޫމާތު ލިބުނީ މިރޭ 18:54 ހާއިރުކަމަށެވެ.

އޭނާއަށް މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ