މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އެމްޓީސީސީ

އުނގޫފާރު ބިން ހިއްކުމުގެ 63 އިންސައްތަ މަސައްކަތް ނިމިއްޖެ

ރ. އުނގޫފާރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް މިހާރު ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަސައްކަތުގެ 63 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފިއެވެ.

އެ ކުންފުނިން އިއްޔެ ބުނީ، ރ. އުނގޫފާރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކޮނުމާއި ބިން ހިއްކުމުގެ މަސައްކަތުގެ 63 ޕަސެންޓް ނިމިފައިވާ ކަމަށާއި މި މަޝްރޫޢުގެ ދަށުން، 10 ހެކްޓަރުގެ ބިން ހިއްކުމާއި، 838.60 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، 75 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ. 

އުނގޫފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލު ކުރީ 2021 ވަނަ އަހަރުގެ ޖަނަވަރީ 31 ވަނަ ދުވަހުއެވެ. ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 240 ދުވަސްތެރޭ ނިންމާގޮތަށް، 71.08 މިލިއަން ރުފިޔާ އަށެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ