މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: ފޭސްބޫކް

ސްކޫލްތަކުގެ ދެވަނަ ޓަރމްގެ އިމްތިހާނު ބާއްވާ ދުވަސްތަކަށް ބަދަލު ގެނެސްފި

​ސްކޫލްތަކުގެ ދެވަނަ ޓަރމްގެ އިމްތިޙާނުތަކުގެ ޓެސްޓު ބާއްވާ ތާރީޚަށް ތަޢުލީމީ ވުޒާރާއިން ގެނެސްފިއެވެ.

ތަޢުލީމީ ވުޒާރާއިން ސްކޫލްތަކަށް ފޮނުވާފައިވާ ސަރކިއުލާއެއްގައި ވަނީ 2023 އަދި 2024 ގެ ދިރާސީ އަހަރުގެ ކަލަންޑަރުގައި ގުރޭޑް 7، 8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓަރމުގެ އިމްތިޚާނު ބާއްވާ ތާރީޚެއްކަމަށް ކުރިން ކަނޑައަޅާފައިވަނީ 16 އިން 27 އޭޕްރީލް 2024 އަށްކަމަށް ފާހަގަކޮށްފައެވެ.

އެހެންނަމަވެސް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅިގެން މިތާރީޚު ބަދަލުކުރަން ނިންމާފައިވާކަމަށް ތަޢުލީމީ ވުޒާރާއިން ވަނީ ސްކޫލްތަކަށް އަންގަވާއެވެ. އެގޮތުން ސްކޫލްތަކުގެ ގުރޭޑު 7،8 އަދި 9 ގެ ދަރިވަރުންގެ ދެވަނަ ޓަރމްގެ އިމްތިޙާނު މާރިޗު މަހުގެ 17 އާއި އޭޕްރީލް މަހުގެ 25 އާއި ދެމެދުގެ ރަސްމީ ދުވަސްތަކުގައި ބައްވާ ވަނީ އަންގާފައެވެ.

ސްކޫލްތަކުން އިމްތިޙާނު ބޭއްވުމަށް އޭޕްރީލް މަހުގެ 20 ވަނަ ދުވަސް ހަމަޖައްސާނަމަ އިލެކްޝަންސް ކޮމިޝަނުން ސްކޫލްގެ ފޯކަލް ޕޮއިންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތާއި މަޝްވަރާކުރުމަށްފަހު ކުރިއަށް ގެންދިއުމަށްވެސް އެވުޒާރާއިން ވަނީ އަންގަވާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ