މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ފޭސްބޫކް ޕޭޖް

އައު އާންމު ޙާލަތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ދޭގޮތް އާންމުކޮށްފި

ކޮވިޑް19 ފެތުރޭ މިންވަރު މަދުވެފައިވާތީ ރާއްޖޭގައި އައު އާންމު ޙާލަތު އިޢުލާން ކުރުމަށް ހަމަޖެހިފައިވާއިރު، އައު އާންމު ޙާލަތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގޮތްތައް އާންމު ކޮށްފިއެވެ.  

އެގޮތުން، 31 މެއި 2020 ން ފެށިގެން އޯޕީޑީގެ ޚިދުމަތް ހެނދުނު 8:00 ން ހަވީރު 4:00 އަށް ލިބޭނެކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް ދިޔުމުގެ ކުރިން އެޕޮއިންޓްމަންޓް ހަދަން ޖެހޭނެކަމަށާއި، އެޕޮއިންޓްމަންޓް ހެއްދުމަށް ކޮންމެ ދުވަހެއްގެވެސް ހަވީރު 4:00 ން ރޭގަނޑު 11:00 އާއި ހަމައަށް 6580100 އާއި ގުޅުމަށް އެ ހޮސްޕިޓަލުން އެދިފައިވެއެވެ. 

މީގެ އިތުރުން، މާބަނޑު އަންހެނުން ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހެއްދުމުން ގައިނީ ޓެލެކޮންސަލްޓޭޝަން ހަދާނެ ކަމަށާއި، ދެން ހޮސްޕިޓަލަށް ދާންވީ ދުވަސް އަންގާނެ ކަމަށާއި ސްކޭން ހަދަން ޑޮކްޓަރ ލަފާދޭނަމަ ސްކޭން ހެދުމުގެ އެޕޮއިންޓްމަންޓެއް ދެވޭނެ ކަމަށާއި އަދި ސްކޭން ހައްދަން ހޮސްޕިޓަލަށް ދާންޖެހޭ ދުވަސް އަންގާނެ ކަމަަށްވެސް ބުނެފައިވެއެވެ. 

މިދުވަސްވަރު ރޯގާގެ އަލާމާތެއް ހުރިނަމަ ހޮސްޕިޓަލަށް ނުގޮސް ފުލޫ ކްލިނިކަށް ދިޔުމަށާއި ނުވަތަ ޓެލެ ކޮންސަލްޓޭޝަން ހެދުމަށް އެހޮސްޕިޓަލުން އިލްތިމާސް ކޮށްފައިވެއެވެ. 

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ