މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ / ދެން

ރައީސް ވަހީދު ހައްޔަރު ކުރުމަށް މެންބަރު ޙަސަން އަޙުމަދު ގޮވާލައްވައިފި

ކުރީގެ ރައީސް މުޙައްމަދު ވަހީދު ހަސަން ހައްޔަރު ކުރުމަށް މެންބަރު ޙަސަން އަޙުމަދު ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން، މެންބަރު ޙަސަން އަޙުމަދު ވިދާޅުވީ، ނުޖަހަނީސް، މީހަކު ބޭނުންކުރި ލަފްޒެއްގެ ސަބަބުން ތިމަންނައަށް ހަމަލާ ދީފިއޭ ކިޔާފައި ޓްވީޓް ކުރި މައްސަލާގައި ރައީސް ވަހީދު ހައްޔަރު ކުރަން ޖެހޭ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި ކަނޑައެޅިގެން ދޮގު ހެދުމުން ފުލުހުން މިއަދުން މިއަދަށް (ރައީސް ވަހީދު) ހައްޔަރު ކުރަން ޖެހޭ ކަމަށެވެ. އަދި އެއީ ދިވެހިރާއްޖޭގެ އަމަން އަމާންކަން ނަގާލަން "އޭނާ" މަސައްކަތް ކުރާތީ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު އިތުރަށް ވިދާޅުވީ، ކުރީގެ ރައީސް ޔާމީންގެ އަނިޔާވެރިކަމުން އެއެންމެން ސަލާމަތް ކުރުމަށާއި އެކަމުން އަރައިގަތުމަށް ރެޔާއި ދުވާލު އިންސާފު ހޯދުމަށް މަސައްކަތް ކުރީ އެމް.ޑީ.ޕީން ކަމަށެވެ. އަދި އެބޭފުޅުންނަށް އަނބިދަރިން ކައިރީ މިއަދު އެތިބެވެނީ އެމް.ޑީ.ޕީގެ މެންބަރުން އިންތިހާބު ކާމިޔާބުކުރުމުންކަމަށެވެ. 

ރައީސް ވަހީދަށް މަގުމަތިން ދިމާކުރުމާއި ގުޅިގެން އެކި ފަރާތްތަކުން އަންނަނީ މިކަން އެކި މާނައިގައި މާނަކުރަމުންނެވެ. އަދި މިއަދުވަނީ މަޖިލީހަށް މިކަމާއި ގުޅޭ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
100%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ