މާލެ
ފައިނު
އިމްސާކް
04:14
04:14
ފަތިސް
04:34
04:34
އިރުއަރާ
05:52
05:52
މެންދުރު
12:09
12:12
އަޞްރު
15:32
15:35
މަޣްރިބް
18:17
18:22
ޢިޝާ
19:35
19:41
ފޮޓޯ: މީސްމީޑިއާ

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެނެސްފި

ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލު ގެނެސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީން މިއަދު ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ 04 ޑިސެމްބަރ އިން ފެށިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މީހުންދިރިއުޅޭ ރަށްރަށާއި އެއާޕޯޓު ހިންގާ ރަށްރަށުގައި މާސްކު އަޅައިގެން އުޅުމާއި ބޭރުގައި އެކުވެ އުޅޭއިރު 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ދަތުރުކުރުމާ ގުޅިގެން (ފަތުރުވެރިން ފިޔަވައި) ކަރަންޓީނުވާނީ 10 ދުވަހުގެ މުއްދަތަތަށް ކަމަށާއި ކަރަންޓީނުން ދޫކުރެވޭނީ ފީ.ސީ.އާރް ނެގެޓިވް ނަތީޖާއަކާއިއެކުކަމަށްވެސް ވިދާޅުވެފައިވެއެވެ. 

މީގެ އިތުރުން 04 ޑިސެމްބަރގެ ކުރިން ދަތުރުކުރާ މީހުން 14 ދުވަހަށް ކަރަންޓީން ވާންޖެހޭނެ ކަމަށާއި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި ޕޮޒިޓިވް މީހުންނާ ޑައިރެކްޓް ކޮންޓެކްޓްވެގެން ކަރަންޓީނު ވާ ފަރާތްތަކުގެ ކަރަންޓީނު މުއްދަތަކީ 14 ދުވަސް ކަމުގައިވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ. ކޮންމެހެންދޭންޖެހޭ ޚިދުމަތެއް ދިނުމަށާއި އެކިއެކި މަޝްރޫޢުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރު މުއްދަތަށް މާލެއިން އަތޮޅު ތެރެއަށް ދަތުރުކުރާ ފަރާތްތަކަށް ދަތުރު ކުރެވޭނީ 72 ގަޑިއިރުނުވާ ނެގެޓިވް ޕީ.ސީ.އާރް ނަތީޖާއަކާއި އެކު ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން

0%
އުފާވި
0%
ދެރަވި
0%
ހިނިއައި
0%
ރުޅިއައި

0 ކޮމެންޓް

އިޖްތިމާއީ މިންގަނޑަށް ނުފެތޭ ކޮމެންޓްތައް ބަލައިނުގަނެވޭނެއެވެ.

ހޯދަންބޭނުންވާ ބަސް ޖެއްސެވުމަށްފަހު އިންޓަރއަށް ފިއްތަވާލައްވާ